އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ގަވަރުނަރާ ބައްދަލުކުރަން އެމްއެމްއޭގައި. (ފޮޓޯ/އެމްަޑީޕީ)
އެމްޑީޕީން ގަވަރުނަރު ހޯދަން އެމްއެމްއޭއަށް ވަދެއްޖެ
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްހާލުތަކާ ގުޅިގެން ޑޮލަރުގެ އަގު ބޮޑުވެ، އާންމުންނާއި ވިޔަފާރިވެރިންނަށް ޑޮލަރު ލިބުން ދަތިވެފައިވާތީ އެކަމާ ބެހޭ ގޮތުން މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާ މަޝްވަރާ ކުރެވޭތޯ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން މިއަދު އެމްއެމްއޭއަށް ވަދެއްޖެ އެވެ.
ވީ ކިހިނެއް؟ - ގަވަރުނަރާ ބައްދަލުކުރަން އެދި އެމްޑީޕީގެ ޕީޖީއިން ވަނީ މިދިޔަ ބުދަ ދުވަހު ސިޓީއެއް ފޮނުވާފަ އެވެ.
ތަފްސީލު - އެމްޑީޕީއިން ބުނީ އެ ސިޓީއަށް އެއްވެސް ޖަވާބެއް އަދި މިހާތަނަށް އައިއިރު ނުލިބޭ ކަމަށެވެ. އެހެންވެ، ގަވަރުނަރާ ބައްދަލުކުރެވޭތޯ އެމްޑީޕީގެ ޕީޖީ މެމްބަރުން ވަނީ މަރުކަޒީ ބޭންކަށް ވަދެފަ އެވެ.
"ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދާއިރު އެކަމުގައި އެއްވެސް ބަހެއް ވިދާޅު ނުވެ ހުންނެވުމާއި ދައުލަތުގެ ރިޒާވު ބޭނުންކޮށްގެން ރަސްމާލެ ހިއްކަން ފައިސާ ދައްކާތީ އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރަން އެދުނު ސިޓީއަށް ޖަވާބެއް ދީފައި ނުވާތީ އެމްޑީޕީގެ ޕީޖީ މިވަގުތު ތިބީ ގަވަރުނަރު ހޯދަން މަރުކަޒީ ބޭންކުގައި،" އެ ޕާޓީއިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައިވެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދަނޑިވަޅުގައި އަހްމަދު މުނައްވަރު، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ވަކިކުރަން އުޅޭކަމަށް އަޑު ފެތުރެމުން އަންނާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
ގަވަރުނަރުގެ މަގާމުން މުނައްވަރު ވަކިކުރަން އުޅެނީ، މީކާއިލްއަށް އެނގިވަޑައިގެންފައިވާ ގޮތުގައި، މި ސަރުކާރުން ހިންގަން މަސައްކަތް ކުރަމުން އަންނަ ރަސްމާލެ މަޝްރޫއަށް ދައުލަތުގެ ޔޫސަބަލް ރިޒާވުން ހަރަދުކުރަން ދެކޮޅު ހައްދަވާތީ އެވެ.
ނަމަވެސް އެކަން ކޮށްފި ނަމަ، މީކާއިލް ވިދާޅުވި ގޮތުގައި މިހާރު ކުރިމަތިވެފައި އޮތް ޑޮލަރުގެ މައްސަލަ އިތުރަށް ގޯސް ވާނެ އެވެ.
The MDP PG is currently inside the Central Bank to meet with the Governor. We are concerned about reports that the Governor is facing threats of dismissal due to his reservation to fund @MMuizzu’s vanity project Rasmale’ with the useable reserve. This will worsen the 💵 crisis. pic.twitter.com/PxRfQwLoGz
— Meekail Naseem (@MickailNaseem) July 21, 2025
އެނގުން މުހިންމު - އެމްޑީޕީއިން ގަވަރުނަރާ ބައްދަލުކުރަން އެދި ފޮނުވި ސިޓީގައި މައިގަނޑު ގޮތެއްގައި ފާހަގަކުރި ކަންބޮޑުވުންތަކަކީ:
-
ޑޮލަރު ލިބުން ދަތިވެ، ގިނަ ވިޔަފާރިތަކެއް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ހީވުން
-
މިފަދަ ދަނޑިވަޅެއްގައި ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތްކުރުމުގެ ގަވާއިދުތަކަށް ގެންނަ ކުއްލި ބަދަލުތަކުގެ ސަބަބުން ޑޮލަރު ލިބުން އިތުރަށް ދަތިވުން
-
މިއީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި އެކިއެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ރައްޔިތުންނަށް ކުރިމަތިވާ ބޮޑު ތަކުލީފެއް
-
މި މައްސަލައިގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލުން
-
ޑޮލަރު ނުލިބޭތީ ވިޔަފާރިވެރިން މުދާ އެތެރެކުރުން ހުއްޓާލަން ޖެހި، ރާއްޖޭގައި ގިނަ ބާވަތްތަކުގެ އަސާސީ ތަކެއްޗާއި ކާބޯތަކެތި އަގުބޮޑުވުން، ލިބުން ދަތިވުން ނުވަތަ ހުސްވުން
ކޮމެންޓް (4)
ހަސަން
ދޮވެމި ކަލަމިންޖާ
ކޮސް
ދޮވެމި ކަލަމިންޖާ