އަހުމަދު މައުތަސިމް އަދުނާން: އުއްތަމަ ފަނޑިޔާރު ކަމުގައި ފަސް އަހަރެއްހާ ދުވަހު ހުންނެވުމަށް ފަހު މިއަދު ރިޓަޔާކުރައްވައިފި. (ފޮޓޯ/ ރައީސް އޮފީސް)

މުއުތަސިމަށް ގަނޑުކޮށް އެއްފަހަރާ ދެނީ 159،000ރ. އަދި މަހަކު ގާތްގަނޑަކަށް 32،000ރ.

ޖޭއެސްސީން މީގެ ކުރިން މަސައްކަތް ކުރީ މުއުތަސިމް އަދުނާނަށް ގަނޑުކޮށް 500،000ރ. އާއި މަހަކު 70،000ރ. ދިނުމަށް

އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން މިއަދު ރިޓަޔާކުރެއްވި އިރު އެ މަނިކުފާނަށް އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާނެ އަދަދުތައް އެނގިއްޖެ އެވެ.

ވީކިހިނެއް؟ - ފަނޑިޔާރު ކަމުގައި ހިދުމަތް ކުރެއްވި މުއްދަތުގެ އިތުރުން، މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމަނައިގެން ބޮޑު އެލަވަންސް ޕެކޭޖެއް ދިނުމަށް ކުރިން މަސައްކަތް ކުރި އެވެ. އެ ގޮތުން:

  • ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވި ނަމަވެސް މާލިއްޔަތު ކޮމިޓީން ނިންމީ ޕޭ ކޮމިޝަނުން ގޮތެއް ނިންމުމަށް

  • އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ލަފައާ އެކު ޕޭ ކޮމިޝަނުން ނިންމީ މިހާރު ވެސް ގަވާއިދުގައިވާ ގޮތަށް އެލަވަންސް ދިނުމަށް

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މުއުތަސިމްއަށް ރިޓަޔަމަންޓް އެލަވަންސްގެ ގޮތުގައި ދޭނީ:

  • އެއްފަހަރާ ގަނޑުކޮށް 159،375ރ.

  • ކޮންމެ މަހަކު ލިވިން އެލަވަންސަަކަށް 20،000ރ. އަދި އަސާސީ ޕެންޝަނަކަށް 11،953ރ.

  • ކޮންމެ މަހަކު ޖުމުލަ 31،953ރ.

އެނގުން މުހިންމު - ޖޭއެސްސީން މަޖިލީހަށް ފޮނުވި ހުށަހެޅުމުގައި އެދިފައިވަނީ:

  • ދަތުރުފަތުރުގެ އެލަވަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000ރ. ދިނުމަށް

  • ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް؛ އެއީ 493،600ރ.

މުއުތަސިމަށް އެހާ ބޮޑު އެލަވަންސް ޕެކޭޖެއް ދިނުމަށް އުޅުމުން އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.

ގުޅުން ހުރި - މިއަދުން ފެށިގެން މުއުތަސިމް ރިޓަޔާކުރައްވާފައިވާތީ، އުއްތަމަ ފަނޑިޔާރަކު އައްޔަންކުރެވެން ދެން ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދަށް ހަވާލުކޮށްފަ އެވެ.

ކޮމެންޓް (5)

ތެފައާސާ.

22 ޖުލައި 2025
ފުޅަދޫގައި ބިނާކުރައްވާފައި ހުރި ބީޗް ފްރަންޓް ގެސްޓް ހައުސްގައި އަރާމު ކުރައްވަމުން، ރައްޔިތުންގެ ޓެކްސް ފައިސާއިން ކޮންމެ މަހަކު ބޮޑެތި އެލަވަންސް ނަންގަވަމުން، މަނިކުފާނަށް ވަގުތެއް ވެވަޑައިގެންފިނަމަ މަނިކުފާނުގެ އުއްތަމަ ފަނޑިޔާރުކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ނުހައްގުން ފްރޭމްކޮށް ވަކިކޮށްލިއިރު މަނިކުފާނު ހަނުހުންނެވި ހުންނެވުމާއި، އެކަމުގެ ސަބަބުން މި ރާއްޖޭގެ ޝަރުއީ ނިޒާމު ފަަހަތަށް ސޮއްސާލައިގެން ދިޔަ މިންވަރާއިމެދު ކޮންމެވެސް ވަރަކަށް ވިސްނައި ވަޑައިގަންނަވާނޭކަމަށް އުންމީދު ކުރަން. ޝުކުރިއްޔާ!!
1 0

ރައްޔިތުންނަށްޖެހޭބުރަ

21 ޖުލައި 2025
އަމިއްލަގޯތިގެދޮރާ ގެސްޓްހައުސްއާ ބޮޑެތި ވިތަފާރިތައްކުރާ މަހުޖަނުންނަށް ލިވިންއެލަވަންސްދޭ އުސޫލު ބަދަލުކުރަންޖެހޭ.
6 0

ދޮވެމި ކަލަމިންޖާ

21 ޖުލައި 2025
އަޅުގަނޑަށް ހީވެ، ރިޓަޔަރ ކުރައްވާއިރު އެމީހާގެ ފެންވަރަށް ބަލާފަ ރިޓަޔަމަންޓު ޕެކޭޖު ކަނޑައެޅުން. މިހާރު ތިޔަ މަގާމުތަކަށް މިއަންނަނީ މާލޭގެ ގެދޮރުހުރި ފައިސާވެރި އާއިލާތަކުން. (ބައެއް ފަހަރު)، އެމީހުންނަކީ އާއިލީ ގޮތުން ތަނަވަސް ބައެއް، އެހެންވީމާ ތިޔަ ޕެކޭޖުތައް މުހިއްމެއް ނޫން. ތިޔަ ޕެކޭޖު އެއަށްވުރެ ބޭނުން ޖެހިފައި ތިބި މީހުންނަށް ދިނުން މާ ބުއްދިވެރި
6 2

ޚިރި

21 ޖުލައި 2025
@ދޮވެމި ކަލަމިންޖާ ޢިންސާނާ އުފެދުނީ ވެލީން އެބުރިދާނީވެސް ވެލީގެ ތެރެއައް ﷲހަދުމަކުރުން ގިނަކުރަން ވީ
2 1

ދޮންކަލޯ

21 ޖުލައި 2025
ގައުމު ލޫޓުވުމުގެ ސިޔާސަތުގެ ދަށުން ފުލުހުންނާއި ސިފައިންނަށްދޭ ޕެންޝަނަކީވެސް ސީދާ ބޮޑު ގޯހެކެވެ
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް