މާލެއަށް މީގެ ކުރިން އުދަ އެރި ދުވަހެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އުދައެރުން

އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

މިއަދުން ފެށިގެން އަންނަ އާދިއްތައާ ހަމައަށް ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވަޔާއި ކަނޑު ގަދަވާނެ ކަމަށާއި ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައި

އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން މުޅި ރާއްޖެއަށް ހުދު ސަމާލު މިއަދު ނެރެފި އެވެ.

ވީ ކިހިނެއް؟ - މިއަދުން ފެށިގެން އަންނަ އާދިއްތައާ ހަމައަށް ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވަޔާއި ކަނޑު ގަދަވާނެ ކަމަށާއި ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

ތަފްސީލް - މިއަދު މެންދުރު 2 އިން ހަވީރު 6އާ ދެމެދު އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައިވާއިރު، ހއ. އިން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވެސް ވަނީ ހުދު ސަމާލު ނެރެފަ އެވެ. އެގޮތުން:

  • ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 4-7 ފޫޓާ ދެމެދު

  • ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކުރޭ

  • އުތުރާއި މެދުރާއްޖެ ތެރެއަށް ބޯކޮށް ވައިޖެހި، ގުރުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައި

މެޓުން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ދަތުރުވެރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް