މާލެ ސަރަހައްދަށް ކަނޑު ގަދަ ދުވަހެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މޫސުން

ކުރިއަށް އޮތް 4 ދުވަހު ވަރަށް ބޮޑަށް މޫސުން ގޯސްވާނެތީ ސަމާލުވާން އިލްތިމާސްކޮށްފި

އެ ދުވަސްތަކުގައި ރާއްޖޭގެ ސަރަހައްދަށް ވައި ބާރުވެ، ކަނޑު ގަދަވެ، ގުގުރުމާ އެކު ވާރޭވެހުމުގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާފާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައި

މާދަމާއިން ފެށިގެން ކުރިއަށް އޮތް 4 ދުވަހު ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވަޔާއި ކަނޑު ގަދަވާނެ ކަމަށާއި ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފި އެވެ.

ވީ ކިހިނެއް؟ - މެޓް އޮފީހުން މިއަދު ނެރުނު މޫސުމާ ބެހޭ އެޑްވައިޒަރީގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ 20 ޖުލައިގެ ނިޔަލަށެވެ.

ތަފްސީލު - މެޓު އޮފީހުން ލަފާކުރަނީ އެ މުއްދަތުގައި:

  • ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް

  • ކަނޑުތައް، ވަކިން ހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ

  • ބޮޑުބަޔަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެ

  • ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ

"ވުމާ އެކު ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމާ އެކު މޫސުމަށް ސަމާލުވުމަށް ދަންނަވަމެވެ،" މެޓުގެ އެޑްވައިޒަރީގައި ބުނެފައިވެ އެވެ.

ގުޅުންހުރި ކަމެއް - ހުޅަނގު މޫސުމުގެ އެންމެ ގަދަ އެއް ނަކަތް ކަމަށްވާ، ފުނޯސް ނަކަތުގެ ގަދަ ވިއްސާރައާ އެކު ކަނޑުމަތީގެ ގިނަ ހާދިސާތަކެއް މިދިޔަ ހަފްތާގައި ހިނގާފައިވެ އެވެ.

މިހާރު މިއީ 18 ނަކަތް ހިމެނޭ ހުޅަނގު މޫސުމުގެ އަށް ވަނަ ނަކަތް ކަމަށްވާ ފުސް ނަކަތުގެ ދެ ވަނަ ދުވަހެވެ. މިއީ އާންމުކޮށް ބޯކޮށް ވާރޭވެހޭ ނަކަތެކެވެ.

ކޮމެންޓް (1)

އަައްޕަ

16 ޖުލައި 2025
ފުސް ނަކަތް އެއީ ހުޅަނގު މޫސުމުގެ 2 ވަނަ ނަަކަތަށް ވާންވީ ކީއްވެ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް