މިރޭ އެކްސިޑެންޓުވި ސަރަހައްދު

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ދެ މީހެއްގެ ހާލު ސީރިއަސް

އެކްސިޑެންޓު ހިނގީ ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެން؛ ސައިކަލު ވަނީ އެމަގުން ދިޔަ ޕިކަޕެއްގައި ވެސް ޖެހިފައި

މާފަންނު ބަސް ޓާމިނަލް ކުރިމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް މަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު މަގު ހުރަސްކުރި މީހާގެ އިތުރުން އެމަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ވެސް ޖެހިފައިވާ ކަމަށެވެ.

ތަފްސީލް - އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

  • އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނި

  • އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވޭ

  • ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގު ކުރަމުން

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން އެކްސިޑެންޓު ހިނގި ސަރަހައްދުގައި ލޭގެ ކޯރެއް ހެދިފައި އޮއްވައި ފެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް