ނަޑެއްލާ ބަނދަރުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)
ނަޑެއްލާ ބަނދަރު ހަދަން ހެވީ ފޯސް އަށް
ގދ. ނަޑެއްލާ އާ ބަނދަރު ހެދުމުގެ މަސައްކަތް ހެވީ ފޯސް އާ ހަވާލުކޮށް މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ
-
މިނިސްޓްރީގެ ފަރާތުން: މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު
-
ހެވީ ފޯސްގެ ފަރާތުން: މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރު
ތަފްސީލް - އެ ކުންފުންޏާ މަސައްކަތް ހަވާލު ކުރީ 450 ދުވަހުން ނިންމާގޮތަށެވެ. މި މަޝްރޫއުގެ އަގަކީ78.6 މިލިއަން ރުފިޔާ އެވެ.
މި މަޝްރޫއުގެ ދަށުން
-
އާ ބަނދަރު ހަދަން ފަޅު ކޮންނާނެ
-
ނެރު ހެދުމަށް ކޮނެ، ނެރު ފައިކަށި ޖަހާނެ
-
ރިވެޓުމެންޓު ޖަހާ ބޭރު ތޮށި ޖަހާނެ
-
އެއްގަމު ތޮށި ހަދާ މޫރިން ބޮއި ހަރުކުރާނެ
-
ރޭމްޕު ހަދާ ނެރު ބައްތި އާއި ބަނދަރު ބައްތި ޖަހާނެ
-
ޕޭވްމެންޓު އަޅާނެ
ކޮމެންޓް (1)
މަންނޫ