ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރަން ބަންދުކޮށްފައި. (ދައުރު ފައިލް ފޮޓޯ/ހުސައިން ސުނޭން)

ޖުމްހޫރީ މައިދާން މަރާމާތު ކުރާތީ އާންމުންނަށް ބަންދުކޮށްފި

އެ ސަރަހައްދު ވަގުތީ ގޮތުން ބަންދު ކުރީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނި ގޮތުގައި މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ތައްޔާރު ކުރުމަށް ޖުމްހޫރީ މައިދާން އާންމުންނަށް ބަންދު ކޮށްފި އެވެ.

ވީ ކިހިނެއް؟ - ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ޖުމްހޫރީ މައިދާން އާންމުންނަށް ބަންދުވާނެ ކަމަށެވެ.

ތަފްސީލް - ގިނަ އަދަދެއްގެ ބިދޭސިން ވެސް ހަފްތާ ބަންދުގައި ހިތްހަމަޖައްސާލަން ގޮސް ތިބޭ ޖުމްހޫރީ މައިދާނަކީ ކުޑަކުދިން ގޮވައިގެން ވެސް ބެލެނިވެރިން ހަވީރުގެ ވަގުތު އާންމުކޮށް ގޮސް އުޅޭ ސަރަހައްދެކެވެ.

އެ ސަރަހައްދު ވަގުތީ ގޮތުން ބަންދު ކުރީ މިނިސްޓްރީން ބުނި ގޮތުގައި، މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށެވެ.

ގައުމީ ގޮތުން ފާހަގަ ކުރާ ބައެއް ރަސްމިއްޔާތުތައް ޖުމްހޫރީ މައިދާން ސަރަހައްދުގައި ބާއްވަ އެވެ. ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ވެސް އޮތީ އެ ސަރަހައްދުގަ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާއިރު، ބައެއް ހަރަކާތްތައް ޖުމްހޫރީ މައިދާން ސަރަހައްދުގައި ވެސް ކުރިއަށްދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް