އެޗްޑީސީގެ އިވެންޓެއްގައި މައުރޫފް ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އެޗްޑީސީ

މައުރޫފް އެޗްޑީސީން ވަކިވެ، ރިޓަޔާކުރައްވަނީ

އެޗްޑީސީ އުފެއްދިއިރު ވެސް އެ ކުންފުނި ހިންގުމުގައި އިސްކޮށް އުޅުއްވި މައުރޫފް އަލުން ކުންފުނީގެ ވެރިޔަކަށް އައްޔަންކުރީ މިދިޔަ 22 ޑިސެމްބަރުގައި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލު މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައި އެކަން ކުންފުނީގެ މުވައްޒަފުންނަށް އަންގަވައިފި އެވެ.

ވީ ކިހިނެއް؟ - އެޗްޑީސީ އުފެއްދިއިރު ވެސް އެ ކުންފުނި ހިންގުމުގައި އިސްކޮށް އުޅުއްވި މައުރޫފް އަލުން ކުންފުނީގެ ވެރިޔަކަށް އައްޔަނު ކުރީ މިދިޔަ 22 ޑިސެމްބަރުގަ އެވެ.

ތަފްސީލް - މައުރޫފް ވަނީ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވާފައިވާކަން އެޗްޑީސީގެ މުވައްޒަފުންނަށް އަންގަވައިފަ އެވެ.

މައުރޫފް އެޗްޑީސީން ވަކިވެ ވަޑައިގަންނަވަނީ ލުއިކޮށް މަސައްކަތް ކުރެއްވޭނެ، އެހެން މަގާމަކަށް ބަދަލުވެވަޑައިގަތުމަށް ކަމަށް ވެސް އެނގިފައިވެ އެވެ.

މައުރޫފް ވަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އެޗްޑީސީ އުފެއްދުމުގެ ކުރިން، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވައިފަ އެވެ.

މީގެ އިތުރުން:

  • ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަން އަދާކުރައްވާފައިވޭ

  • އެޗްޑީސީ އާއި އެޗްޑީއެފްސީގެ މުހިއްމު މަގާމުތަކެއް އަދާކުރައްވާފައިވޭ

  • އާކިޓެކްޗާ ހެރިޓޭޖުގެ ދާއިރާ އިން ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރައްވާ

ފާހަގަ ކުރެވޭ - މައުރޫފް އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު، ހުޅުމާލޭން ބިން ދޫކުރުމާއި ވިނަރެސް ފްލެޓު ދޫކުރުމާ ގުޅޭ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ކޮމެންޓް (3)

ތެފައާސާ.

8 ޖުލައި 2025
ހަނދާނާއި ތާރީޚަށްޓަކައި-----> [....މައުރޫފް އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު، ހުޅުމާލޭން ބިން ދޫކުރުމާއި ވިނަރެސް ފްލެޓު ދޫކުރުމާ ގުޅޭ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ފަޒުލް އަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފެންމަތިވީ، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި ފަޒީލަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފައި އޮތްކަން ފަޅާއެރުމުންނެވެ. އެކަމަކު، އެ މައްސަލަތަކުގައި އެ ދެ ބޭފުޅުންނާ މެދު އިތުރު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ފަޒީލް ހުންނެވީ މުސާރަ ލިބިވަޑައިގަންނަވާ ގޮތަސް ސަސްޕެންޝަނުގަ އެވެ....]
1 0

ގިފް

7 ޖުލައި 2025
ބަޓް ވައި؟
2 0

އަލިބެ...

7 ޖުލައި 2025
ވައްކަން ކުރާލެއް ގިނަކަމުން އެކަން ނުކުރާ މީހަކަށް ތިޔަ ތަންތަނުގައި ކެއްކޮށްލުމަކީ ނުވާނެ ކަމެއް!
9 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް