އެމްޑީޕީގެ ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ (ފޮޓޯ/ އެމްޑީޕީ)
ހަނިމާދޫ އެއާޕޯޓު ހިންގާނެ ބަޔަކު ހޯދުން ރަނގަޅުވާނީ ބީލަމަށް ލައިގެން: ނަޝީދު
ހދ. ހަނިމާދޫ އެއާޕޯޓް ހިންގާނެ ބަޔަކު ހޯދުން އެންމެ ރަނގަޅުވާނީ ބީލަމަށް ލައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- ތަރައްގީކޮށް ނިމެން ކައިރިވެފައި އޮތް ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އެކަމަކު އެ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެ އެވެ.
ތަފްސީލު- ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ގުޅޭ ޓެލެގްރާމް ޗެނަލަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި، އެންމެ ބުއްދިވެރިވާނީ ޕްރައިވެޓް ސެކްޓާއިން އެއާޕޯޓާއި އެހެން ވިޔަފާރިތައް ވެސް ހިންގުން ކަމަށެވެ. އަދި އެ ޕްރައިވެޓް ސެކްޓާއަކީ ދިވެހި ނުވަތަ ބޭރު ބައެއްތޯ ބަލަން ރަނގަޅުވާނީ، ހުޅުވާލާފައިވާ ބީލަމަކުން ސަރުކާރަށް އެންމެ ފައިދާ ބޮޑު ބައެއް ހޯދައިގެން ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.
"ހަނިމާދޫ އެއާޕޯޓު ހިންގުމަށް ވެސް އެންމެ ރަނގަޅުވާނީ ޓެންޑާކޮށްގެން ބަޔަކު ހޯދުން. އެއާލައިންއަކުން ހިންގައިފި ނަމަ ލިބޭނެ ފައިދާ ބޮޑުވެދާނެ." ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
-
އިތުރަށް ދަރަނިވެގެން ލޯންތައް ދައްކަން އުޅުމަށް ވުރެ، އަތުގައި ހުރި އެއްޗެއް ކުއްޔަށް ދީގެން ފައިސާ ހޯދިއްޖެ ނަމަ ރާއްޖެއަށް ކުރާނެ ފައިދާ ބޮޑުވާނެ
-
ޖީއެމްއާރަށް އެއާޕޯޓު ދިން ނަމަ، ދެ ބިލިޔަން ޑޮލަރުގެ ދަރަނި ނެތި، އާ އެއާޕޯޓް ކުރާތާ 10 އަހަރު މިހާރު އޮންނާނީ ވެފައި
-
އަދި ސަރުކާރަށްވާ ފައިދާ ކުޑަނުވާނެ ކަމަށް ވިދާޅުވި
އެނގުން މުހިއްމު- ކުރީ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި، ރައީސް މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެކަމުގެ މަޝްވަރާތަކެއް ކުރެއްވި އެވެ.
ޔާމީން ތުހުމަތުކުރެއްވީ:
-
މި ސަރުކާރުން "ވިއްކާލަން ނިންމާފައިވާ" ތަންތަނުގެ ލިސްޓުގައި ހަނިމާދޫ އެއާޕޯޓު ވެސް ހިމެނޭ ކަމަށް
-
މިފަހަރު ރައީސް މުއިއްޒު ސިންގަޕޫރުގައި ބައްދަލުކުރެއްވި މީހުންގެ ތެރޭގައި އަދާނީ ގްރޫޕުގެ ޗެއާމަން ހިމެނޭކަން އެނގިފައިވާ ކަމަށް
ކޮމެންޓް (2)
ބީތާ
ބީތާވެދާނެ