އާރުޓީއެލް ފެރީ ލޯންޗުތަކެއް: މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި މި ހިދުމަތް ފައްޓަވާނެ ކަމަށް ރައީސް ވިދަޅުވި (ފޮޓޯ/އެމްޓީސީސީ)
އަންނަ މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރުޓީއެލް ފަށަނީ
އަންނަ މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ދޭން ފައްޓަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމަކީ ރައީސްގެ ވައުދުކެވެ. އެ ވައުދާ އެއްގޮތަށް ރ. އަތޮޅުގައި މިއަދު ފެރީގެ ހިދުމަތް ފަށާފައިވާތީ އެކަމަށް އެ މަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ބުނީ ކީކޭ؟ - ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި:
-
އަންނަ މަހު ބ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެކަން ވެސް ކުރައްވާނެ
-
އެ ކަމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދޭ
-
މި އަހަރު ނިމުމުގެ ކުރިން، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފެރީގެ ހިދުމަތް ފެށުމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ؛ އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އެބަދޭ
އެނގުން މުހިއްމު - ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކު، އާރުޓީއެލް މަޝްރޫއުގެ ދަށުން ހިދުމަތް ދޭން ނިންމާފައިވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ.
-
މިހާރު ތިން ޒޯނެއްގައި މި ހިދުމަތް ދޭ؛ އެއީ ހއ.، ހދ.، ށ.، ނ. އަދި ރ. އަތޮޅު ހިމެނޭ ޒޯނުގެ އިތުރުން ޅ. އަތޮޅު އަދި އެންމެ ދެކުނުން ގއ.، ގދ.، ފުވައްމުލައް އަދި އައްޑޫގައި
-
ރ. އަތޮޅުގައި އާރުޓީއެލް ފެށުމުން މި ހިދުމަތް ދޭ އަތޮޅުތަކުގެ އަދަދު ވަނީ 10އަށް އަރާފައި