ކުއްޖާއަށް ކޮށްފައިވާ އަނިޔާތައް ފެންނަ ފޮޓޯއެއް

ކުއްޖާގެ މޫނުމަތި ހުރީ ލޭކޮށާލާފައި؛ މައްސަލަ އެޑިއުކޭޝަނުން ބަލަނީ

ކުއްޖާގެ ބައްޕަ ބުނި ގޮތުގައި ދަރިފުޅަށް ބުލީކުރާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ސްކޫލުން ބުނި ކަމަށް

އއ. އުކުޅަހު ސްކޫލުގައި ދަރިވަރަކަށް އަނިޔާކުރި މައްސަލަ ފެންމަތިވެ، އެޑިއުކޭޝަން މިނިސްޓްރީން އެ މައްސަލަ ބަލަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި ހިމެނޭ ކުއްޖާގެ ބައްޕަ އިއްޔެ ވަނީ ސޯޝަލް މީޑިއާގައި، ކުއްޖާއަށް ކޮށްފައި ހުރި އަނިޔާތައް ފެންނަ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އޭގައި ފެންނަ ގޮތުން، ކުއްޖާގެ ލޮލާއި އަނގަ ކައިރީ ހުރީ ލޭކޮށާލާފަ އެވެ.

ތަފްސީލް - އޭނާ ބުނި ގޮތުގައި، ދަރިފުޅަށް އަނިޔާކުރިކަން އެނގުނީ، ސްކޫލުން ގުޅާފައި އެކަން އެންގުމުންނެވެ. އެތަނަށް ދިޔައިރު، ފެނުނީ ދަރިފުޅު މޫނުމަތި ޒަހަމްވެ، ބިރުގެންފައިވާތަން ކަމަށް ބުންޏެވެ. އެކަން ކުރީ ދަރިފުޅުގެ ކްލާސް ކުއްޖެއް ކަމަށް ވެސް ޕޯސްޓުގައި އޭނާ ބުނެފައިވެ އެވެ.

ކުއްޖާގެ ބައްޕަ ވަނީ، ސޯޝަލް މީޑިއާގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ކަމާ ގުޅޭ އެހެން އިދާރާތައް ޓެގްކޮށް، މައްސަލަ އެތަންތަނުގެ ސަމާލުކަމަށް ގެނެސްފަ އެވެ.

އޭގެ ފަހުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މައްސަލަ މިހާރު އެތަނުން ބަލަމުންދާ ކަމަށެވެ.

ކުއްޖާގެ ބައްޕަ ބުނި ގޮތުގައި:

  • ދަރިފުޅަށް ބުލީކުރާތާ ދުވަސްކޮޅެއްވެފައިވާ ކަމަށް ސްކޫލު ބުނި

  • އެކަމަކު އޭނާ އެންމެ ހައިރާންވީ ސްކޫލުން އެކަން ބެލެނިވެރިންނަށް ނޭންގުމުން ކަމަށް ބުނި

"އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ސްކޫލުން ބުނީ ދަރިފުޅު ވެސް އެކަން ސްކޫލަށް އަންގާފައި ނުވާ ކަމަށް،" އެ ޕޯސްޓުގައި ކުއްޖާގެ ބައްޕަ ބުނެފައިވެ އެވެ.

އޭނާ ވަނީ އެ ފަދަ ކަމެއް ހިނގިކަން އެނގި ހުރެ ސްކޫލުން އެކަމާ އަޅާނުލީތީ ޝަކުވާކޮށްފަ އެވެ. އަދި ބުލީކުރާކަން އެންގުމަކީ ކުއްޖާގެ މަސްއޫލިއްޔަތެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮމެންޓް (5)

މަރިޔަމްމާ

25 ޖޫން 2025
އާޓިކަލް ކިޔާލުމުން ހީވަނީ ތިކަމެެއް ހިނގި ދުވަހު ކަމަށް ބުލީކުރެވުނު ކުއްޖާ ސްކޫލަށް އެންގީވެސް ބުލީ ކުރާތާ ދުވަސް ވެއްޖެކަން....
2 0

ނާނާތަ

25 ޖޫން 2025
ޓީޗަރުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖައްސަވާދީ، އޭރުން މައްސަލަހައްވާނެ.
2 1

ސައިމަން

25 ޖޫން 2025
ޙުޅުމާލެ ސަލާހުއްދީން ސުކޫލުގަވެސް ބުލީކުރުން ވަރަށް ބޮޑު . ޢަދި ބުލީކުރާކުދިންގެ ދިފާއުގަ މުދައްރިސުން ތިބޭ.
4 1

ސަލޯނީ

25 ޖޫން 2025
@ސައިމަން ތިއީ ހުރިހާ ސްކޫލަކުންވެސް ޢަމަލު ކުޜާގޮތް.ކުށްވެރިވާނީ ބުލީ ކުރެވޭ ކުއްޖާ އާ އކުއްޖާގެ ޕޭރެންޓުން.ފުވައްމުލަކު އެމްޖޭ އެސް އަދި ހާފިޒް އަޙްމަދު ސްކޫލް ވެސް މީ ބުލީކުރުން ހައްދުންނެއްޓިފައި ހުރި ތަންތަން.
4 0

އަޅު

25 ޖޫން 2025
@ސަލޯނީ ކުދިން ބުލީކުރީމަ ޓީޗަރު ކުއްވެރިވާންޖެހޭ ގޮތެއް ނުވިސްނުނު. ގޭތެރެއިން އެކަމުގެ ތަމްރީނު ހޯދަައިގެން ސްކޫލަށް އައިސްހުންނާނީ ރަނގަޅަަށް ވިއްޔާ. ސްކޫލުން އަދަބުވެރިވާން ބުނާތީ ސްކޫލުދެކެ މީހުން ރުޅި އަންނަނީ މިހާރު
3 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް