ސަލްޓަން ޕާކް. އެމްޑީޕީގެ ޖަލްސާ ބޭއްވުމަށް އެތަން މިހާރު ވަނީ ހަމަޖައްސައިދީފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

ނަޝީދަށް މަރުހަބާ ކިޔާ ޖަލްސާ ބާއްވަން ސަލްޓަން ޕާކު ހަމަޖައްސައިދީފި

އެ ޖަލްސާ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައިނުދިން ކަމަށާއި ތަނެއް ނުލިބިއްޖެ ނަމަ އެ ހަރަކާތް ކުރިއަށް ގެންދާނީ ރައީސް މުހައްމަދު މުއިއްޒު ދިރިއުޅުއްވާ މުލިއާގޭ ކަންމަތީގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްެރެޓްސްގެ މެންބަރުންނާ އެކު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާތީ މަރުހަބާ ކިޔުމަށް އެމްޑީޕީން ބާއްވަން އުޅޭ ޖަލްސާއަށް ސަރުކާރުން ސަލްޓަން ޕާކު ހަމަޖައްސައިދީފި އެވެ.  

ވީ ކިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިއްޔެ ވަނީ، އެ ޖަލްސާ ބޭއްވުމަށް ސަރުކާރުން ތަނެއް ހަމަޖައްސައިނުދީ، އެކަމަށް ހުރަސް އަޅަމުންދާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އަދި ތަނެއް ނުލިބިއްޖެ ނަމަ، އެ ހަރަކާތް ކުރިއަށް ގެންދާނީ ރައީސް މުހައްމަދު މުއިއްޒު ދިރިއުޅުއްވާ މުލިއާގޭ ކަންމަތީގައި ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ތަފްސީލް - އެއާއެކު ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބު މިރޭ އެކްސްގައި ވަނީ، އެ ޖަލްސާ ބޭއްވުމަށް ސަލްޓަން ޕާކު ދިންކަން އިއުލާން ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ:

  • ސަލްޓަން ޕާކަކީ މަރާމާތު ކުރުމަށް ނިންމާފައިވާ ތަނަކަށް ވާތީ، އެތަން މިހާތަނަށް ކުއްޔަށް ނުދޭ ކަމަށް

  • އަދި ކުއްޔަށް ދިނުމަށް އުސޫލެއް ވެސް ކަނޑައަޅާފައި ނުވާނެ ކަމަށް

  • ނަމަވެސް އެމްޑީޕީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެ ޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ވާނީ ނިންމާފައި ކަމަށް

ފައްޔާޒު ވިދާޅުވެފައިވަނީ މުލީއާގޭ ކަންމަތީގައި ޖަލްސާ ބާއްވާނީ ހޯމަ ދުވަހުގެ ކުރިން ތަނެއް ނުލިބިއްޖެ ނަމަ ކަމަށެވެ.

އެނގުން މުހިއްމު - ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދެވި ޑިމޮކްރެޓްސް އިން މިދިޔަ އަންގާރަ ދުވަހު ވަނީ އެ ޕާޓީގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމާފަ އެވެ. އެކަން ކުލަގަދަކޮށް ފާހަގަކޮށް، ނަޝީދަށާއި އެހެން މެމްބަރުންނަށް މަރުހަބާ ކިޔުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފަ އެވެ .

ޑިމޮކްރެޓްސް އިން ބުނެފައިވަނީ އެމްޑީޕީއާ އަލުން ގުޅެން ނިންމީ ރައީސް މުއިއްޒުގެ ސަރުކާރު ޖަވާބުދާރީކޮށް، ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުމަށްޓަކައި ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް