ސޯލިހުގެ ވެރިކަމުގައި ނަޝީދާ ދެބޭފުޅުން ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ (ފޮޓޯ/މަޖިލިސް)

ނަޝީދުގެ ނަން ވިދާޅުނުވެ، ޑިމޮކްރެޓުން އެމްޑީޕީއާ ގުޅޭތީ ސޯލިހުގެ މަރުހަބާ

އެމްޑީޕީގެ ރައީސްއަކަށް ހުންނެވި، ނަޝީދު ރައީސް ސޯލިހުގެ ވެރިކަމުގައި އެ ޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވީ އެ ދެބޭފުޅުންގެ ދެމެދުގައި ހިޔާލު ތަފާތުވުންތައް އުފެދި މައްސަލަ ގޯސްވުމުން

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ދަ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން އެމްޑީޕީއަށް އަލުން ސޮއިކުރުމަށް ނިންމި ނިންމުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ. 

ފާހަގަކޮށްލެވޭ - ރައީސް ސޯލިހުގެ މަރުހަބާގައި ނަޝީދުގެ ނަން ވަކިން ހިމަނުއްވާ މަރުހަބާ ވިދާޅުވެފައެއް ނުވެ އެވެ. 

  • އެމްޑީޕީގެ ރައީސްއަކަށް ހުންނެވި، ނަޝީދު ރައީސް ސޯލިހުގެ ވެރިކަމުގައި އެ ޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވީ އެ ދެބޭފުޅުންގެ ދެމެދުގައި ހިޔާލު ތަފާތުވުންތައް އުފެދި މައްސަލަ ގޯސްވުމުން 

  • އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ސޯލިހާއި ނަޝީދު ވާދަކުރެއްވި 

  • ރިޔާސީ އިންތިހާބުގެ ތެރޭ ނަޝީދު ވަނީ އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރައްވާފައި 

ވީ ކިހިނެއް؟ - މީގެ ކުރިން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގެ ވީޑިއޯއާ އެކު ސޯލިހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާ" ކަމަށެވެ. އަދި ސޯލިހު ވަނީ: 

  • އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި ރައްޔިތުންގެ މަސްލަހަތު އަބަދުވެސް އިސްކުރާ ބަޔަކަށް ވުމަށް ގޮވާލައްވާފައި 

ތަފްސީލް - މީގެއިތުރުން، ސޯލިހު ވަނީ ޅެން ބައިތެއް ވެސް އެމަނިކުފާނުގެ ޕޯސްޓްގައި ހިމަނުއްވާފަ އެވެ. އެ ޅެންބައިތުގައި ވިދާޅުވެފައި ވަނީ:

  • ގައުމީ އިލްތިމާސްތަކަށް ހެޔޮހިތުން އަމަލުކުރުމަށާއި ކުރިމަތިވެދާނެ ހުރަސްތަކާއި ދަތިތަކުން ފަހަތަށް ނުޖެހި ކުރިއަށް ދިއުމަށް ހިތްވަރުދެއްވާފައި 

  • އާ މަގެއް ކޮށުމަށް އަބަދު ވެސް ހިތްވަރުކުރުމަށް ގޮވާލައްވާފައިވޭ

"ހުރަސްތަކާ ދިމާވެދާ އަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން.

ގައުމިއްޔަ އިލްތިމާސުތަކަށް އަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން." 

ގުޅުންހުރި - ނަޝީދާއި ޑިމޮކްރެޓެސްގެ މެންބަރުން އެމްޑީޕީއަށް އަލުން ސޮއިކުރަން ނިންމި ނިންމުމާ ވެދިގެން ރޭ ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުންނަށް އެމްޑީޕީން ހޫނު މަރުހަބާއެއް ކިޔުމަށް ވަނީ އިއްތިފާގުވެފަ އެވެ. 

ކޮމެންޓް (1)

ޑީޑީ

19 ޖޫން 2025
އިބުރާހިމުގެ ސިޔާސީ ވަރަ ކޮށާލައި ރިޔާސީ ޓިކެޓު އަތުލަން ޕާޓީ ތެރެއަށް ވައްޓާލި ބުރޯގެ ނަން ކިޔަން ނުކެރޭނެ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް