ހުޅުމާލެއަށް ގަދަ ކޮޅިގަނޑެއް އައިސް، ފިތުރޯނު މަގުގައި ހުރި ގަހެއް ވެއްޓުން (ދައުރު ފޮޓޯ)

ހުޅުމާލެ

ހުޅުމާލެއަށް އައި ގަދަ ކޮޅިގަނޑެއްގައި ގަސްތައް ވެއްޓި ގެއްލުންތަކެއް

އިރުއޮއްސުނު ވަގުތު އައި ކޮޅިގަނޑުގައި 54 މޭލު ބާރުމިނުގައި ވައިޖެހިފައިވޭ

ހުޅުމާލެއަށް މިރޭ ގަދަ ކޮޅިގަނޑެއް އައިސް، ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް ވެއްޓިއްޖެ އެވެ.

ވީ ކިހިނެއް؟ - މިރޭ 6:30ހާއިރު ހުޅުމާލެއަށް ގަދަ ވަޔާއެކު ވިއްސާރަ ކުރި އެވެ. މި ކޮޅިގަނޑުގައި ވެއްޓިފައި ވަނީ ފިތުރޯނު މަގު، ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ހުރި ގަހެކެވެ.

ތަފްސީލު - އެ ގަސް ވެއްޓިފައި ވަނީ ޕޭމަންޓު ގާތަކާ އެކު މުލުން ލުހިގެންނެވެ. ގަސް ވެއްޓުމާ އެކު، އެ ސަރަހައްދުގައި ވަޅުލާފައި ހުރި ބައެއް ކޭބަލްތަކަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުންވި އެވެ.

  •  ހުޅުމާލެއަށް ގަދަ ކޮޅިގަނޑެއް އައިސް، ފިތުރޯނު މަގުގައި ހުރި ގަހެއް ވެއްޓުން (ދައުރު ފޮޓޯ)
  • ހުޅުމާލެއަށް ގަދަ ކޮޅިގަނޑެއް އައިސް، ފިތުރޯނު މަގުގައި ހުރި ގަހެއް ވެއްޓުން (ދައުރު ފޮޓޯ)
  •  ހުޅުމާލެއަށް ގަދަ ކޮޅިގަނޑެއް އައިސް، ފިތުރޯނު މަގުގައި ހުރި ގަހެއް ވެއްޓުން (ދައުރު ފޮޓޯ)

އެ ގަސް ވެއްޓުމުގެ ސަބަބުން އެ މަގުގެ ބޮޑު ބައެއް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އަދި އެޗްޑީސީގެ މުވައްޒަފުން އެތަން ސާފު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ހުޅުމާލެއަށް 54 މޭލަށް ވައި ގަދަވި

މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނި ގޮތުގައި މިއަދު އިރުއޮއްސުނު ވަގުތު އައި ވިލާގަނޑުގައި ހުޅުމާލެ ސަރަހައްދުގައި 54 މޭލު ބާރުމިނުގައި ވައި ޖެހުނެވެ. އެހާ ބޮޑަށް ވައި ގަދަވަނީ ކޮޅިގަނޑުގެ ބާރުމިން ގަދަވުމުން ކަމަށް މެޓް އޮފީހުން ބުންޏެވެ. 

މާލެ ސަރަހައްދުގެ މޫސުން 

ކުރިއަށް އޮތް 24 ގަޑިއިރު މާލެ ސަރަހައްދުގެ މޫސުން މެޓް އޮފީހުން ލަފާކޮށްފައި ވަނީ:

  • ކެރީގެ އަސަރާ ގުޅިގެން ވިލާގަނޑުގައި ގަޑިއަކު 40-45 މޭލަށް ވައި ބާރުވާނެ 

  • އާންމު ހާލަތުގައި ވައިގެ ބާރުމިން ހުންނާނެކަމަށް ލަފާކުރެވެނީ ގަޑިއަކު 10-20 މޭލުގައި

މެޓުން މިއަދު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރުނެވެ. މިރޭ 9އާ ހަމައަށް ވައިޓް އެލާޓް ނެރުނީ ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެތީ އެވެ. އަދި ގަޑިއަކު 19-24 މޭލާ ދެމެދުގައި ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް