ހިޔަލަ ޑާންސް ގުރޫޕުގެ ލަވައިގެ ޕޯސްޓަރު: މި ލަވަ ޓީވީއެމުން ދެއްކީ އެ ގުރޫޕުގެ ހުއްދަ ނުހޯދާ ކަމަށް އެމީހުން ބުނޭ

ޕީއެސްއެމް

ހިޔަލަ ގުރޫޕުގެ އީދު ލަވަ ދެއްކުމުން ޓީވީއެމްއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަނީ

ހިޔަލަ ގުރޫޕުން ބުނިގޮތުގައި އެ ގުރޫޕުގެ އީދު ލަވަ ޓީވީއެމްއިން ދުރަށް ދެއްކީ ހުއްދަ ނުހޯދައި

މި އަހަރުގެ ބޮޑު އީދަށް ހާއްސަކޮށް، ނ. މަނަދުއަށް ނިސްބަތްވާ ޑާންސް ގުރޫޕު، ހިޔަލައިން ތައްޔާރުކުރި ލަވަ ޓީވީއެމުން ދެއްކުމުން، އެ ޗެނެލްއާ ދެކޮޅަށް ގާނޫނީގޮތުން ފިޔަވަޅު އަޅާނެ ކަމަށް އެ ގުރޫޕުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ކޮންމެ އީދެއް ނުވަތަ ގައުމީ ދުވަސްތައް ފަދަ ތަފާތު މުނާސަބަތުގައި ހިޔަލަ ގުރޫޕުން، ލަވަތައް ނެރެ އެވެ. ނުވަދިހައިގެ އަހަރުތައް ދައްކުވައިދޭ ގޮތަށް، މި ފަހަރު ވެސް އެ ގުރޫޕުން ތައްޔާރުކުރި ލަވަ 'ބޯމަތިވަނީ' އާއްމުކޮށްފައިވަނީ އެ ގުރޫޕުގެ ޔޫޓިއުބް ޗެނެލްގަ އެވެ.

ތަފްސީލު - އެކަމަކު ހިޔަލަ ގުރޫޕުން ބުނިގޮތުގައި:

  • މި އީދުގައި ޓީވީއެމުން އެ ލަވަ ދުރަށް ދައްކާފައިވަނީ އެ ގުރޫޕުގެ ހުއްދަ ނުހޯދާ

  • އީދު ދުވަހު ޓީވީއެމުން ގެނެސްދިން ޕްރޮގްރާމެއްގައި އެ ލަވަ އާއްމުކޮށްފައިވަނީ އެއީ އެތަނަށް ލިބުނު ހަދިޔާއެއްގެ ގޮތުގައި

"އަޅުގަނޑުމެންގެ މި ލަވަ، ބްރޯޑްކާސްޓް ކުރުމަކަށް ޓީވީއެމަކަށް ވެސް އަދި އެހެން ޗެނަލަކަށް ވެސް ނުދެމެވެ." ހިޔަލަ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ގުރޫޕުން ބުނިގޮތުގައި މިއީ އެ މީހުންގެ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން، އަހުލާގީ ގޮތުން ވެސް ވަރަށް ދަށް ފެންވަރުގެ އަމަލެކެވެ. އެހެންވެ، އެކަން ވަރަށް ސީރިއަސްކޮށް ނަގައި، ޓީވީއެމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅޭނެ ގޮތެއް ހޯދަމުން އަންނަ ކަމަށް ބުންޏެވެ.

މިކަމާ ގުޅޭގޮތުން ޓީވީއެމްގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.

ކޮމެންޓް (1)

ބައްޓެ

10 ޖޫން 2025
އައްޗީޑި! ދެން މާ ރީތި ލަވައެއްނަމަވެސް ރަނގަޅު..
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް