ބޮޑުއީދުގެ އުފާފާޅުކުރުމުގެ ގޮތުން ހުޅުމާލޭ ފަޅުތެރޭގައި އީދު މަޅީގައި ރޯކޮށްލަނީ (ފޮޓޯ/ހުލާސާ)

ބޮޑު އީދު 2025

'އީދު މަޅީ'ގެ ހަގީގަތް މިނިސްޓަރު ވިދާޅުވެދެއްވައިފި

ގައުމިއްޔަތާ ބެހޭ މިނިސްޓަރު ވިދާޅުވި ގޮތުގައި މިކަން ފެށުނީ ވަރަށް މާތް ދީނީ މަގްސަދެއްގެ ތެރެއިން

ކުޑަ އީދަކަސް، ބޮޑު އީދަކަސް، އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ރާއްޖޭގެ ގިނަ ރަށްރަށުގައި މިހާރު އެންމެ ފުރަތަމަ ރޯކޮށްލަނީ ބޮޑު ހުޅުގަނޑެކެވެ. ހުސް ބިމެއްގައި ނޫނީ ފަޅުތެރޭގައި ހިކިފަނާއި ދަރުން ބޮޑު ގަހެއް ހަދައި ނުވަތަ އުސްކޮށް މަޅިއެއް ހަދައި ރޯކޮށްލުމަށް ބައެއް މީހުން 'އީދު މަޅި'، 'އީދު ގަސް' ނޫނީ 'އީދު ބިޑި' އަދި 'އީދު ހުޅު' ވެސް ކިޔައި އުޅެ އެވެ.

ބައެއް މީހުންގެ ނަޒަރުގައި މިއީ ސަގާފީ ކަމެކެވެ. އަނެއް ބަޔަކަށް، ދިވެހިންގެ ސަގާފަތާ އެއްވެސް ގުޅުމެއް ނެތް ބޭރުގެ އާދަކާދަ އެކެވެ. މިއީ އިސްލާމީ އީދެއްގައި، އިސްލާމީވަންތަކަމާ ދުރުކަމެއް ކަމަށް ބުނެ ވެސް ބައެއް މީހުން ފާޑުކިޔަ އެވެ.

އެކަމަކު މި ފަހަރު މާލެ ސަރަހައްދުގައި ވެސް މުޅިން އަލަށް ރޯކޮށްލި މި އީދުމަޅީގެ ހަގީގަތް، ދިވެހި ބަހުގެ މިނިސްޓަރު އަދި ދިވެހި ތާރީހީ ތަޖުރިބާކާރު އާދަމް ނަސީރު އިބްރާހިމް ވަނީ ކިޔައިދެއްވާފަ އެވެ.

ބޮޑުއީދުގެ އުފާފާޅުކުރުމުގެ ގޮތުން ހުޅުމާލޭ ފަޅުތެރޭގައި އީދު މަޅީގައި ރޯކޮށްލަނީ (ފޮޓޯ/ހުލާސާ)

ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި މިއީ ދިވެހިންގެ ސަގާފަތުގެ ތެރެއިން އައިސްފައިވާ ކަމެކެވެ. އެކަމަކު މިކަން ކުރަނީ ހަމައެކަނި ފިތުރު އީދުގައި ކަމަށާއި އެކަން ގުޅިފައިވަނީ ވަރަށް މަތިވެރި ދީނީ މަގްސަދަކާ ކަމަށް ވިދާޅުވި އެވެ.

"އެއީ ކުޅިވަރަކަށް ކުރިކަމެއް ނޫނެވެ. އަދި ކިޔެއްތަ؟ އެއީ މުވާސަލާތު ކުރުމެކެވެ." މިނިސްޓަރު ލިޔުއްވާފައި ވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިހުގައި އެކަން ކޮށްއުޅުނީ، ރޯދަ މަސް ނިމިއްޖެކަން އިއުލާން ކުރުމުގެ ގޮތުންނެވެ. އީދު ދުވަހު ރޯދަ ހިފުމަކީ ހަރާމްކަމަކަށް ވާތީ، އެ ކުށް އޮޅިގެން ވެސް ކުރެވިދާނެތީ އެކަން ވިޔަނުދިނުމަށް ކުރެވޭ އިއުލާނެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ޒަމާނީ ވަސީލަތްތައް ނެތް ދުވަސްވަރު އީދަށް ރޯދަޔަށް ހަނދުބެލުމަކީ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ވެރީން އިސްވެ ތިއްބަވައިގެން އެ މަގުން ކުރަމުން އައި ކަމެކެވެ. މި ގޮތުން ފިތުރު އީދަށް ހަނދުފެނިއްޖެކަން ޔަގީންވުމުން އެ ކަން ޖެހިގެން އޮތް ރަށަށް އެންގުމަށް ޓަކައި އީދު ގަސް ރޯކުރެވެ އެވެ." މިނިސްޓަރު ލިޔުއްވި އެވެ.

ބޮޑުއީދުގެ އުފާފާޅުކުރުމުގެ ގޮތުން ހުޅުމާލޭ ފަޅުތެރޭގައި އީދު މަޅީގައި ރޯކޮށްލަނީ (ފޮޓޯ/ހުލާސާ)

އޭނާ ވިދާޅުވި ގޮތުގައި:

  •  އީދު ގަސް ތައްޔާރުކޮށް ރޯކުރުމަކީ ވަކި ބޭނުމެއް، ވަކި މާނައެއް އަދި މަގްސަދެއް އޮވެގެން ކޮށްއުޅުނު ކަމެއް

  • އަދި ކާބަފައިން އެކަން ކުރީ ހަމައެކަނި ފިތުރު އީދުގައި 

  • ހަނދު ނުފެނިއްޖެއްޔާ ފިތުރު އީދުގައި ވެސް އެ ގަސް ރޮލެއް ނުކުރާނެ 

"ދިވެހި ސަގާފަތުގައި މިކަން އޮތްގޮތް މި ދެންނެވުނީ އެވެ." އޭނާ ވިދާޅުވި އެވެ.

މިއީ އިހުގައި ފިތުރު އީދުގައި ކޮށްއުޅުނު ކަމަކަށް ވިޔަސް، މިހާރު އީދުމަޅި ރޯކުރުމުގައި ވަކި އީދަކަށް ނުބަލަ އެވެ. އަދި އޭގެ މަގްސަދަކަށް ވެފައިވަނީ ވެސް މުނިފޫހިފިލުވުމެވެ.

ކޮމެންޓް (5)

ހޭލާ

8 ޖޫން 2025
އަފްގާނިސްތަަނުގެ ތޯރާބޯރާގެ ފިކުރުތައް މިރާއްޖޭގަ ދިރުވަން އުޅޭމީހުންނަށް ރަގަޅު އެއްގޮތެއްވެސް ނެތެވެ. އީދު ކުޅިވަރުތަކާ ދީނާ ގުޅުވައިގެން ފާޑުފާޑުގެ ވާހަކަތައް މިދައްކަނީ މި ފިކުރިއްޔާތުގެ މީހުން. މި މީހުން މައިތިރި ނުކުރެވިއްޖެނަމަ މިއީ ދެވަނަ އަފްގާނަށް ހަދަން ކެނޑިނޭޅި އުޅޭނެ.
1 14

ދެރަކަމެކޭ

8 ޖޫން 2025
ދެން ސަގާފަތޭ ކިޔައިގެން 15 ފުރުނީމަ ލިބާސްލާގޮތަށްވެސް ހަމަޖައްސަފާނެ މިނިސްޓަރު. ސަގާފަތަކަސް ދީނާ ފުށުއަރާ މުންކަރާތްތައް ދޫކޮށްލަންޖެހޭ.
7 0

އިބްރާ

9 ޖޫން 2025
@ދެރަކަމެކޭ ދީނާ ފުށުއަރާ އެއްވެސް ކަމެއް މީގައި ނެތް. ރާއްޖޭގެ ރަށްރަށުގަ އީދު ފާހަގަކުރާ ގޮތްގޮތަށް ހަމަ ފާހަގަކުރުމުގައި މައްސަލައެއް ނެތް. އީދު ހުޅުޖެހުމާއި ކުލަޔާއި ފެން ޖެހުމާއި މޫދަށް ލުމާއި އީދުވެދުމާދިއުމާއި މާލިއެރުމާއި މިއުޒިކާއި ނެށުން ހަމަ އެއްވެސް މައްސަލައެއް ނެތް. ދެން ސްޓޭޖު ޝޯތަކުގަ މީހުން ލާ ބައެއް ގަޔަށް ބާރު ހެދުންތައް އެކަނި މައްސަލައަކީ.
1 3

މަބުނާނީ

8 ޖޫން 2025
އެހެންކަމުން މުވާސަލާތުފަހި މިޒަމާނުގައި ތިކަންކުރުމުގެ މަގްސަދު ގެއްލިބޭނުން ކެނޑިފައިވާތީ މުންކަރާތަކަށް ފަހިވެދާނެކަމަށްޓަކައި ތިކަން ނުކޮށް ދޫކޮށްލުން ބުއްދިވެރި.
11 0

ނަސާރު

8 ޖޫން 2025
އާދަން ނަސީރު ތީ އެެއްވެސް ކަމެއް ކުރަން އެނގޭ މީހެއް ނޫން ފޮނި އަނގަތެޅުން ފިޔަވާ. އެންމެ ބޭކާރު މިނިސްޓަރު.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް