ސްޓެލްކޯ އިމާރާތް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ކަރަންޓު ބިލާ ގުޅޭ ޝަކުވާއެއް އޮތް ނަމަ 1545އަށް ގުޅަން އެދިއްޖެ
ކަރަންޓު ބިލާ ގުޅޭ ޝަކުވާއެއް އޮތް ނަމަ ސްޓެލްކޯގެ ކޯލް ސެންޓަރަށް ގުޅުމަށް އެ ކުންފުނިން މިއަދު އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ކަރަންޓުގެ އާ ޓެރިފްގެ ދަށުން މިދިޔަ މަހުގެ ކަރަންޓު ބިލުތައް ފޮނުވިއިރު ބިލު ބޮޑު ކަމަށް ބުނެ އާންމުން ގެންދަނީ ޝަކުވާ ކުރަމުންނެވެ.
ތަފްސީލް - ސްޓެލްކޯ އިން ވަނީ ކަސްޓަމަރުންގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެ ކުންފުނީގެ ކަސްޓަމާ ކެއާ ނަންބަރަށް ގުޅުމަށް އެދެފަ އެވެ. އެގޮތުން:
-
ސްޓެލްކޯގެ ކަސްޓަމާ ކެއާ ހޮޓްލައިނަކީ 1545
މީގެ އިތުރުން، ސްޓެލްކޯ ކެއާގެ ހިދުމަތް އޮންލައިންކޮށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކަރަންޓު ބިލާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ނުވަތަ ބިލްތަކާ ގުޅިގެން ޝަކުވާއެއް އޮތްނަމަ، އަޅުގަނޑުމެންގެ ކޮންޓެކްޓް ސެންޓަރ ހޮޓްލައިން 1545 އަށް ގުޅުއްވުން އެދެން. އަދި ސްޓެލްކޯ ކެއަރގެ ޚިދުމަތް އޮންލައިންކޮށް ހޯއްދެވުމަށް، ކިއުއާރު ކޯޑު ސްކޭންކުރައްވާ! pic.twitter.com/ie8e7vklJr
— STELCO (@STELCOMALDIVES) June 4, 2025
ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓު ކުޑަކުރިކަން ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު ވަނީ އިއުލާނު ކުރައްވައިފަ އެވެ.
އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލް ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީ. އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު… pic.twitter.com/ujjgzhqRwC
— STELCO (@STELCOMALDIVES) June 3, 2025
ފާހަގަކޮށްލެވޭ - ނަމަވެސް ރޭޓު ކުޑަކުރިކަން ބިލުތައް ލިބުނުއިރު ނުފެންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ރައްޔިތުން ޝަކުވާ ކުރަމުން ގެންދާއިރު، ސްޓެލްކޯ އިން ރޭ ބުނީ އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން މިދިޔަ މަހުގެ ބިލް ހެދުމުން ވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށް ވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ އޭޕްރީލް މަހުގެ ބިލަށް ޑިސްކައުންޓް ލިބިފައިވާތީ ކަމަށެވެ.