ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ސްޓެލްކޯ

ކަރަންޓު ކެނޑުނީ ކީއްވެތޯ އެބަ ބަލަން؛ ތަކުރާރު ނުވާނެ ގޮތް ހަދާނަން: ފަހުމީ

ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނަގަނެ، އެކަމާ ގުޅުންހުރި މައުލޫމާތު ފަހުން އާންމު ކުރާނެ ކަމުގެ ޔަގީންކަން ވެސް ފަހުމީ ވަނީ ދެއްވާފައި

މާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހަ ގަޑިއިރު ފަހުން ދެ ރަށަށް ވެސް ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށާއި މިފަދަ މައްސަލައެއް ތަކުރާރު ނުވާނެ ގޮތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު މެންދުރު ފަހު 12:40 ހާއިރު މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. ކަރަންޓު ކެނޑުނީ މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި މައްސަލައަކުންނެވެ.

ތަފްސީލް - ފަހުމީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޓަކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ ވަނީ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.

މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަރަންޓު އަލުން ދިނުމަށްޓަކައި މި ކުންފުނީގެ މުވައްޒަފުންނާއި އެކި ގޮތް ގޮތުން އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން،" ފަހުމީ ވިދާޅުވި އެވެ.

"މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން."

އޭނާ ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މައާފަށް އެދިވަޑައިގެންފަ އެވެ.

ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނަގަނެ، އެކަމާ ގުޅުންހުރި މައުލޫމާތު ފަހުން އާންމު ކުރާނެ ކަމުގެ ޔަގީންކަން ވެސް ފަހުމީ ވަނީ ދެއްވައިފަ އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ބުނީ:

  • ކަރަންޓު ކެނޑެން ދިމާވި މައްސަލަ ދެނެގަތުމަށް އިންޖިނިއަރުން އަންނަނީ މަސައްކަތް ކުރަމުން

  • މިހާތަނަށް ބެލިބެލުމުން ގްރިޑަށް ގެއްލުމެއް ލިބިފައިވާކަން ފާހަގައެއް ނުވޭ

ފާހަގަ ކުރެވޭ - މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ބަލަން ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާއިރު ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް (1)

އިބްރާހިމް Avatar

އިބްރާހިމް

2 ޖޫން 2025
ރައީސް މާލެ ވަޑައިގެންފައި ، ފަހުމީ ސްޓެލްކޯ އެމް.ޑީ ކަމުން ވަކި ކުރާނެ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް