ސްޓެލްކޯ ހިންގާ އިމާރާތް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސްޓެލްކޯ

މައްސަލަ ހައްލުކޮށް، 6 ގަޑިއިރެއްހާއިރު ފަހުން މާލެއަށް ކަރަންޓު ދީފި

ސްޓެލްކޯ އިން ބުނީ ހިދުމަތް ނުދެވި ވަނީ ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރަކަށް އެކަނި ކަމަށް

ކަރަންޓުގެ މައްސަލަަ ހައްލުކޮށް، މާލެއަށް ހިދުމަތް ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - މިއަދު މެންދުރު ފަހު 12:40 ހާއިރު މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ.

ތަފްސީލް - ސްޓެލްކޯ އިން ދެންމެ ބުނީ މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓުގެ ހިދުމަތް ދެވިފައިވާ ކަމަށެވެ.

ހިދުމަތް ނުދެވި ވަނީ ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރަކަށް އެކަނި ކަމަށާއި އެހެން ހުރިހާ ޓްރާންސްފޯމަރެއް އެނަޖައިޒް ކުރެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އެގޮތުން:

  • ރުއްގަނޑު 1 ހިމެނޭ ސަރަހައްދުގައި ކަރަންޓު ނުލިބޭ ކަސްޓަމަރުން ސްޓެލްކޯގެ އެމަޖެންސީ ނަންބަރު 104އަށް ގުޅައި އެކަން އަންގަން އެ ކުންފުނިން އެދޭ

ސްޓެލްކޯ އިން ބުނީ މާލެ ސަރަހައްދުން ކަރަންޓު ކެނޑެން ދިމާވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިރުއޮއްސުމުގެ ކުރިން ހުރިހާ ސަރަހައްދަކަށް ހިދުމަތް ދެވޭނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

އެ ކުންފުނިން ބުނީ:

  • ކަރަންޓު ކެނޑެން ދިމާވި މައްސަލަ ދެނެގަތުމަށް އިންޖިނިއަރުން އަންނަނީ މަސައްކަތް ކުރަމުން

  • މިހާތަނަށް ބެލިބެލުމުން ގްރިޑަށް ގެއްލުމެއް ލިބިފައިވާކަން ފާހަގައެއް ނުވޭ

ފާހަގަ ކުރެވޭ - މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ބަލަން ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާއިރު ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް