މާލެ އަދި ހުޅުމާލެއިން ކަރަންޓު ގޮސްގެން މީހުން މަގުމަތީގައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މަސައްކަތް ކުރަމުން އަންނަނީ އިރުއޮއްސުމުގެ ކުރިން ކަރަންޓު ދޭން: ސްޓެލްކޯ
މަސައްކަތް ކުރަމުން އަންނަނީ އިރުއޮއްސުމުގެ ކުރިން މާލެ އަދި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް ދޭން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މިއަދު މެންދުރު 12:40 ހާއިރު މާލެ އަދި ހުޅުމާލޭން ކަރަންޓު ކެނޑުނެވެ. އަދިވެސް ގިނަ ހިސާބުތަކަށް ކަރަންޓެއް ނުލިބެ އެވެ.
ތަފްސީލް - ސްޓެލްކޯ އިން ހަވީރު ބުނީ ހުޅުމާލޭ ފޭސް 1ގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށެވެ. މީގެ އިތުރުން:
-
ފޭސް 2ގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފައިވޭ
-
މާލޭގެ ބޮޑު ސަރަހައްދަކަށް ހިދުމަތް އަލުން ވަނީ ދެވިފައި
މިހާރު ކުރަމުން އަންނަނީ ސިނަމާލެ ބްރިޖު ހުރަސްކޮށް އަޅާފައިވާ އިންޓަކަނެކްޝަން އެނަޖައިޒް ކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ:
-
ކަރަންޓު ކެނޑެން ދިމާވި މައްސަލަ ދެނެގަތުމަށް އިންޖިނިއަރުން އަންނަނީ މަސައްކަތް ކުރަމުން
-
މިހާތަނަށް ބެލިބެލުމުން ގްރިޑަށް ގެއްލުމެއް ލިބިފައިވާކަން ފާހަގައެއް ނުވޭ
ފާހަގަ ކުރެވޭ - މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ބަލަން ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާއިރު ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.