މާލެެ ސަރަހައްދުގެ ސްކޫލުތަކުގައި މެންދުރު ފަހު ދަންފަޅީގެ ކިޔެވުން މިއަދު ވަނީ ބަންދުކޮށްފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސްޓެލްކޯ

ކަރަންޓު ކެނޑުމުން ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށްފި

މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ މިއަދު މެންދުރު12:40 ހާއިރު

މާލެ ސަރަހައްދުން ކަރަންޓު ކެނޑުމުގެ ސަބަބުން ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށް ދަރިވަރުން ގެޔަށް ފޮނުވާލައިފި އެވެ.

ވީ ކިހިނެއް؟ - މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:40 ހާއިރު އެވެ.

ތަފްސީލް - ކަރަންޓު ކެނޑެން ދިމާވި މައްސަލަ ދެނެގަނެ އަލުން ހިދުމަތް ދިނުމަށް ސްޓެލްކޯ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ހިދުމަތް ދެވޭނެ އިރެއް ނޭނގޭތީ ސްކޫލުތަކުގެ މެންދުރު ފަހުގެ ދަންފަޅީގެ ކިޔެވުން ކެންސަލްކޮށް ދަރިވަރުން ވަނީ ގެޔަށް ފޮނުވާލައިފަ އެވެ. މެންދުރު ފަހު ދަންފަޅިއަށް ކުދިން ސްކޫލަށް ދަނީ 12:30 ހާއިރު އެވެ.

މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ބަލަން ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާއިރު ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް