ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ (ދައުރު ފޮޓޯ/ ހަނަމް އަޒީޒް)

ކަރަންޓު

މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ފުލުހުން ބަލަނީ

މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވި

މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން މިއަދު މެންދުރު ވަނީ ކަރަންޓު ކެނޑިފަ އެވެ. އެ މައްސަލަ ތަހުގީގު ކުރަން އަންގަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ތަފްސީލް - ފުލުހުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން، އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

މިއަދު މެންދުުރު 12:30 ހާއިރު މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު އިރު ހިދުމަތް އަލުން ލިބެން ފެށީ 1:50 ހާއިރު އެވެ.

ސްޓެލްކޯ އިން ބުނީ، ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ހުރެ ކަމަށެވެ. ކަރަންޓް ކެނޑުމުގެ ސަބަބުން މާލެ އާއި ހުޅުމާލޭގެ ގިނަ ހިދުމަތްތަކެއް ހުއްޓުމަކަށް އައެވެ.

އެނގުން މުހިންމު - ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވައިފިން ކަމަށެވެ. 

"މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" ހައްޖުގެ އަޅުކަމަށް މި ވަގުތު ސައުދީއަށް ވަޑައިގެން ހުންނެވި ރައީސް މުއިއްޒުގެ ޕޯސްޓުގައި އެ މަނިކުފާނު ލިޔުއްވާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް