ކަރަންޓު ބިލަށް ކުރަން ޖެހޭ ހަރަދު ބޮޑު ކަމަށް ބުނެ އާންމުން އަންނަނީ ޝަކުވާ ކުރަމުން. (ދައުރު ފޮޓޯ)

ކަރަންޓު

އަންނަ މަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓުގެ އަގު ހެޔޮކުރަން ނިންމައިފި

މި ބަދަލާ އެކު، 600 ޔުނިޓުން މަތީގެ ބޭންޑުގެ ރޭޓު 4.25 ރުފިޔާއިން 3.83 ރުފިޔާއަށް ކުޑަވާނެ

ގޭބިސީތަކުގެ ކަރަންޓަށް ނަގާ އަގުތައް ކުޑަކުރަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފި އެވެ.

ތަފްސީލް - ރައީސް މިރޭ އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓު ކުޑަކޮށް އެކަން ތަންފީޒު ކުރުމަށް އަންގަވާފައިވާނެ ކަމަށެވެ.

ތަފްސީލް - މި ބަދަލާ އެކު، 600 ޔުނިޓުން މަތީގެ ބޭންޑުގެ ރޭޓު 4.25 ރުފިޔާއިން 3.83 ރުފިޔާއަށް ކުޑަވާނެ އެވެ.

ގޭބިސީތަކުގެ ކަރަންޓަށް އަގު ނަގާ ރޭޓުތަކަށް ގެންނަ ބަދަލު

ރައީސް ވިދާޅުވީ މި ބަދަލުތައް ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް އަންގަވާފައިވާނެ ކަމަށެވެ.

ގޭބިސީތަކުގެ ކަރަންޓު އަގު ހެޔޮކުރަން ނިންމާފައި ވާއިރު ރާއްޖޭގައި ކަރަންޓުގެ އަގު ބޮޑު ކަމަށް އާންމުން ބުނެ އެވެ. ހާއްސަކޮށް ހޫނު ގަދަ ދުވަސްވަރު ކަރަންޓު ބިލު ބޮޑުކަމުގެ ޝަކުވާތައް ގިނަ އެވެ.

މި އަހަރުގެ ރޯދަ މަހު އަދި ޖެހިގެން އައި މަހު ވެސް ކަރަންޓު ބިލުތަކުން %10ގެ ޑިސްކައުންޓެއް ދިނެވެ.

ކޮމެންޓް (1)

ބަކުރުބޭ

31 މޭ 2025
ބޭންޑް ފުޅާނުކޮށް އޮތުމަކީ ޒަމާނައް ނުބައްދަލު ކަމެއް. ކީއްކުރަންތޯ ބޭންޑު ރޭޓް އޮންނަންޖެހެނީ؟ ބޮޑު ގޭބިޒީގައި ބެންޑް ފޫއަޅައިގެން ދަނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް