'ވާނުވާ ބަންދު'ގެ މައްސަލަ ރައީސް މުއިއްޒު (ކ-2) މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން (ކ) އާއި ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީގް (ކ-3) އަދި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް (ވ)އާ ބައްދަލުކުރައްވަނީ (ފޮޓޯ/ މަޖިލިސް)

ޖުޑިޝަރީ

'ވާނުވާ' ބަންދުގައި ތިބި ބައެއް މީހުން ޓެގް އެޅުވުމަށް ފަހު ދޫކުރަން ފަށައިފި

ރައީސް ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ތެރެއިން ޒަމާންވީ މި މައްސަލައަށް ހައްލުތަކެއް ލިބޭނެ

ޝަރީއަތް ނިމެންދެން ބަންދު (ވާނުވާ ބަންދު)ގައި ތިބި ބައެއް މީހުންގެ ފައިގައި ޓެގް އެޅުވުމަށް ފަހު ދޫކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ބައެއް މީހުން، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން، ކޯޓުން ކަނޑައަޅާ ޝަރުތުތަކާ އެކު ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފަށާފައިވާ ކަމަށެވެ.

ތަފްސީލް - ރައީސް މިގޮތަށް ވިދާޅުވި އިރު، ބަންދުކޮށްފައި ތިބި މީހުން، މޮނީޓާކުރެވޭނެ އިންތިޒާމެއްގެ ދަށުން ޖަލުން ދޫކޮށްލުމަށް އެދި އެ މީހުންގެ ހައްގުގައި ވަކާލާތު ކުރާ މީހުން ވަނީ އެ މަނިކުފާނާ ބައްދަލު ކޮށްފަ އެވެ.

"މިއަދު މި ފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މި މައްސަލައަށް ހައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި އެވެ.

އެކަމަކު ދޫކުރަނީ ކިތައް މީހުން ކަމެއް އަދި އާއްމެއް ނުކުރެ އެވެ.

ޕީޖީ އޮފީހުން މީގެ ކުރިން ވަނީ، ބަންދުން ލުއި ދިނުމުުގައި ބަލާނެ މައިގަނޑާ ގުޅޭ ކަންކަން ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

ބަންދަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުން

  • މިއީ ފުލުހުންނާއި ކަރެކްޝަންސް މެދުވެރިކޮށް ހަދާ އެސެސްމަންޓެއް

  • މި އެސެސްމަންޓުގައި ބަންދަށް ލުއި ދެވޭ މީހުން މޮނީޓާ ކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެ

  • އެ އެސެސްމަންޓު ތައްޔާރުކުރާނީ ޕީޖީ އޮފީހުން އެކަމަށް އެންގުމުން ފުލުހުން

ބަންދަށް ލުއިދިނުމުގައި އަމަލުކުރާނެ ގޮތް

  • އެސެސްމަންޓަށް ރިއާޔަތްކޮށް، ބަންދަށް ލުއި ދެވިދާނެ ކަމަށް ޕީޖީ އޮފީހަށް ފެންނަ ނަމަ، ބަންދު މުރާޖައާކުރަން ކޯޓަށް ހުށަހަޅާނެ

  • ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ)ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގައި

  • މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖައާކުރުމަށް ކޮންމެ 100 ދުވަހަކުން 1 ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާނެ

  • ބަންދަށް ލުއި ދީފައިވާ މީހަކު އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ ވަގުތުން އެ މީހަކު އަލުން ބަންދުކުރަން ކޯޓުގައި އެދޭނެ


ކޮމެންޓް (1)

ތެފައާސާ.

29 މޭ 2025
ރައީސް މިކަން އިއުލާން ނުކުރެއްވިއަސް ރަށުތެރެއިންވެސް މިކަން ރޭކާލާން ފަށައިފި. ހުޅުމާލޭގައި ސެންޓު ފިހާރައެއް ހިންގާ އަހަރެންގެ ރައްޓެއްސަކު އިއްޔެ ބުނި ހަމަ ޓަސްލާފަ ފިހާރައިން ސެންޓު ވަގަށް ނެގުން ބޮޑުތަނުން އިތުރުވެގެން މިވީގޮތެއް ބަލައިލިއިރޭ މި އނގުނީ ޓެގު އަޅުވާފައި ދޫކުރަންފެށިކަން. މަ ބުނިން ތި ވެދާނެ ނޫންހޭ ރައީސް ވިދާޅުވާކަހަލަ އިއްތިފާގެއްކަމަށްވެސް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް