މިއަދު ފެލެމީ ކޯޓުގައި 59 ކައިވެނި ކޮށްދޭން ވަނީ ހަމަޖެހިފައި (ފޮޓޯ/ފެމެލީ ކޯޓު)

މިއަދުގެ ރީތި ތާރީހުގައި މާލޭގައި 59 ކައިވެނި

ފެމެލީ ކޯޓުން ބުނީ މިއަދުގެ ރަސްމީ ގަޑީގައި 23 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ކަމަށް

މިއަދުގެ ރީތި ތާރީހުގައި މާލޭގައި 59 ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ކަމަށް ފެމެލީ ކޯޓުން ބުނެފި އެވެ.

ވީ ކިހިނެއް؟ - މިއަދުގެ ތާރީހަކީ 25-5-25 އެވެ. ރީތި ތާރީހުތަކާ ދިމާކޮށް ކައިވެނި ކުރާ މީހުންގެ އަދަދު އަބަދު ވެސް ގިނަ އެވެ.

ފެލެމީ ކޯޓު ބޭރުގައި ޓެންޓު ޖަހާފައި: މިއަދު 59 ކައިވެނި ކޮށްދޭން ވަނީ ހަމަޖެހިފައި (ފޮޓޯ/ފެމެލީ ކޯޓު)

ތަފްސީލް - ފެމެލީ ކޯޓުން ބުނީ މިއަދުގެ ރަސްމީ ގަޑީގައި 23 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ކަމަށެވެ.

ގިނަ ބަޔަކު މިއަދު ކައިވެނި ކުރަން ހަމަޖެހިފައިވާއިރު، ކައިވެނި ކުރާ މީހުންނަށާއި އެ މީހުންނާ އެކު ކޯޓަށް ދާ މީހުންނަށް ލުއި ފަސޭހައަކަށް ފެމެލީ ކޯޓު ބޭރުގައި ވަނީ ޓެންޓު ޖަހާ ގޮނޑި ވެސް ޖަހައިފަ އެވެ.

ފެމެލީ ކޯޓުން ބުނީ މިއަދަކީ މި އަހަރުގެ މިހާތަނަށް އެ ކޯޓުގައި އެއް ދުވަހާ އެންމެ ގިނަ ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ދުވަސް ކަމަށެވެ.

ކޮމެންޓް (1)

ތެފައާސާ.

25 މޭ 2025
އަބަދުވެސް ބުނާ ވާހަަކައެއް، ކައިވެނީގެ ސްޓެޓިސްޓިކްސް ލަންޏާ ވަރީގެ ސްޓެޓިސްޓިކްސްވެސް ލާށޭ!!!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް