ކޭބަލްތައް ބުރިކޮށް ކަރަންޓު ކަނޑާލިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިސްމާއިލް ސަމީމް

ފުލުހުން

މާލޭގައި ކަރަންޓް ކޭބަލްތަކެއް ބުރިކޮށްލި މީހަކު ހައްޔަރުކޮށްފި

ކޭބަލްތައް ބުރިކޮށްލުމުން އެ ހިސާބުގަނޑުގެ ހަތް ގެއަކުން ކަރަންޓް ކެނޑުނު ކަމަށް ސްޓެލްކޯއިން ބުނޭ

މާލޭގައި ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތަކެއް ބުރިކޮށް ގެއްލުންދިން މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުުހުން ބުނިގޮތުގައި ކޭބަލްތައް ބުރިކޮށްލުމުން ހަތް ގެއަކުން ކަރަންޓު ކެނޑުނެވެ.

އެ އިދާރާއިން ބުނިގޮތުގައި:

  • ކޭބަލްތައް ބުރިކޮށްލުމުގެ ތުހުމަތުގައި ހައްޔަރުކުރީ ށ. މިލަންދޫ އިސްމާއިލް ސަމީމް

  • އޭނާ ހައްޔަރުކުރީ ކުށުގެ ވެށިން

އެނގުން މުހިއްމު - ކޭބަލް ބުރިކޮށްލުމުން ކަރަންޓު ކެނޑުނު ތަންތަނުގެ ތެރޭގައި އެމްޑީޕީގެ ހަރުގެ ހިމެނެ އެވެ. އޭރު އެތަނުން ދިޔައީ މުޒާހަރާއަށް މަގުމައްޗަށް ނުކުންނަން ތައްޔާރުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް