އެމްއެންޔޫ އާއި އެޓްމޮސްފިއާ ފައުންޑޭޝަނުން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/އެމްއެންޔޫ)

އެމްއެންޔޫ އާއި އެޓްމޮސްފިއާ ފައުންޑޭޝަނުން އޮނުގަހާ ގުޅޭ ދިރާސާއެއް ހަދަނީ

އެޓްމޮސްފިއާ ފައުންޑޭޝަނުން ވަނީ 2023ގައި އޮނުގަސް އިންދުމަށް މަޝްރޫއެއް ފަށާފައި
22 މޭ 2025

ރާއްޖޭގައި އޮނުގަސް އިންދުމާއި އޭގެ ފައިދާތަކާ ގުޅޭ ދިރާސާއެއް ހެދުމަށް ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއި އެޓްމޮސްފިއާ ފައުންޑޭޝަނުން އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްއެންޔޫ މާލޭ ސެންޓްރަލް ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް 

  • އެޓްމޮސްފިއާ ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލް އަޒީޒް އަބްދުލް ހަކީމް

ތަފްސީލް - މި އެއްބަސްވުމުގެ މަގްސަދަކީ، އެމްއެންޔޫން ބުނި ގޮތުގައި:

  • ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަ އޮނުގަހުގެ ބާވަތްތައް ދެނެގަނެ، ގިންތިކުރުން

  • އޮނުގަހުގެ އެކި ބާވަތްތަކުގެ މޯފޮލޮޖިކަލް ދިރާސާއެއް ހެދުން

  • އޮނުގަހުގެ ސަބަބުން ފަސްގަނޑަށް ލިބޭ ފައިދާތަކާއި އަސަރުތައް ދެނެގަތުން

އެމްއެންޔޫ އާއި އެޓްމޮސްފިއާ ފައުންޑޭޝަނުން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/އެމްއެންޔޫ)

އެނގުން މުހިންމު - އެޓްމޮސްފިއާ ފައުންޑޭޝަނުން ވަނީ 2023ގައި އޮނުގަސް އިންދުމަށް މަޝްރޫއެއް ފަށާފަ އެވެ. އެގޮތުން، 'ބެމްބޫ ޕްރޮޖެކްޓު'ގެ ފުރަތަމަ ފިޔަވަހީގެ ދަށުން:

  • 500 ކުދި އޮނުގަސް އެކި ރަށްރަށަށް ބެހި

  • ބައެއް ރަށްރަށާއި ޖަމިއްޔާތަކަށާއި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ރަށްރަށަށް އަދި ހދ. ހަނިމާދޫ އެގްރިކަލްޗާ ސެންޓަރަށް އޮނުގަހުގެ އޮށް ހަވާލުކުރި

  • މި މަޝްރޫއު ހިންގުމުގައި ހަރަކާތްތެރިވާ އެޓްމޮސްފިއާ ފައުންޑޭޝަނުގެ މައި ކުންފުނިން ހިންގާ ރިސޯޓުތަކުގައި ވެސް އޮނުގަސް އިންދި

  • އޮނުގަހުގެ ފައިދާތަކާ ގުޅޭ މައުލޫމާތު ދިން

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް