މިދިޔަ އަަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން ބޯޓަށް އަރަނީ (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)
ދިވެހި ހައްޖުވެރިން މި މަހު 26 ގައި ފުރަން ފަށާނެ
މިއަހަރު ރާއްޖެއިން ހައްޖަށް ދާ ހައްޖާޖީން މި މަހުގެ 26 ގައި ފުރަން ފަށާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ހައްޖާޖީންގެ ކަންކަމުގައި އެހީތެރިވުމަށާއި ހައްޖަށް ދާ މީހުން މައްކާ އަށް ދިޔުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމަށް ހައްޖު މިޝަންގެ ބޭފުޅުންނާއި ހައްޖު ކޯޕަރޭޝަނުގެ އެޑްވާންސް ޓީމު މިއަދު ވަނީ މައްކާ އަށް ފުރައިފަ އެވެ.
1446ހ ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ ހައްޖުވެރިން ހައްޖަށް ފުރުމުގެ ކުރިން ސައުދީއަރަބިއްޔާގައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކަށް ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމް މިއަދު ފުރައިފި.
— Mohamed Shakeel 🇲🇻 (@schakyyl) May 16, 2025
އަޅުގަނޑުމެންގެ މި މަސައްކަތުގައި الله سبحانه وتعالى ބަރަކާތް… pic.twitter.com/qV4b0VQY7V
ތަފްސީލް - މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް 1،000 ކޯޓާ ލިބިފައިވާއިރު ހައްޖަށް މީހުން ދާނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ. އޭގެ ތެރޭގައި ސަރުކާރުން ހައްޖަށް ފޮނުވާ 50 ފަގީރުން ވެސް ހިމެނެ އެވެ.
ރާއްޖެއިން ހައްޖަށް ދާ މީހުން މި މަހުގެ 26 ގައި ފުރަން ފަށާއިރު ހަތަރު ފްލައިޓެއްގައި ހައްޖާޖީން މައްކާ އަށް ދާނެ އެވެ.
އެއީ ސައުދީ އަރަބިއާގެ ސައުދިއާގެ ދެ ފްލައިޓެއް އަދި މޯލްޑިވިއަންގެ ދެ ފްލައިޓެއްގަ އެވެ. އެންމެ ފަހު ފްލައިޓުގައި ފުރާ ހާޖީން ފުރާނީ މި މަހުގެ 30ގަ އެވެ.
ކަލަންޑަރުގައި ވާގޮތުން މި އަހަރުގެ ހައްޖު ދުވަސް ވާނީ އަންނަ މަހުގެ 5 ވަނަ ދުވަހަށެވެ.