މުހައްމާ ޕީއެންސީ އަށް ސޮއިކުރައްވާ ރައީސް މުއިއްޒުއާ ފޯމު ހަވާލު ކުރަނީ

ޕީއެންސީ

ބްރޮޑްކޮމްގެ މެންބަރު މުހައްމަދު އަބްދުﷲ ޕީއެންސީ އަށް ސޮއިކޮށްފި

އޭނާ ޕީއެންސީއަށް ސޮއިކުރަން ވެފައިވާ އިގުރާރުގައި ބުނެފައި ވަނީ ރައީސް މުއިއްޒުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ އަސާސްތައް ދަމަހައްޓައި ނެގެހެއްޓުމުގައި އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރާނޭ ކަމަށް

މިނިވަން ކޮމިޝަނެއްގެ ގޮތުގައި އެކުލަވާލާފައިވާ ބްރޮޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) ގެ މެންބަރު އަދި މުހައްމަދު އަބްދުﷲ (މުހައްމާ) ވެރިކަން ކުރާ ޕީއެންސީ އަށް ރޭ ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕީޕީއެމް އުވާލިއިރު އެ ޕާޓީގެ ސެނެޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ރޭ ވަނީ ޕީއެންސީ އަށް ސޮއިކޮށް ސަރުކާރުގެ އަދި ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ކުރިއެރުވުމަށް އިގުރާރުވެފަ އެވެ. 

ތަފްސީލް - ކުރީގެ ކޮމޭޑިއަން އަދި މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި މުހައްމަދު އަބްދުﷲ ޕީއެންސީއަށް ސޮއި ކުރައްވައި ރައީސް މުއިއްޒުއާ ހަވާލުކުރި ލިޔުމުގައި އޭނާ އިގުރާރުވެފައި ވަނީ، "ކޮންގްރެސް ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ އަސާސްތައް ދަމަހައްޓައި ނެގެހެއްޓުމުގައި އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ފުޅާމިނެއްގައި މަސައްކަތް" ކުރުމަށެވެ. 

ބްރޮޑްކޮމްގެ މެންބަރަކު ޕީއެންސީ އަށް ސޮއިކުރެއްވި އިރު، އެ ކޮމިޝަނަކީ މިނިވަން މުވައްސަސާއެކެވެ. ނަމަވެސް ބްރޮޑްކޮމްގެ މެންބަރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން ގާނޫނު ހުރަހެއް ނާޅައެވެ.

މުހައްމަދު އަބްދުﷲ ބްރޮޑްކޮމް އަށް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ 22ގަ އެވެ.

 ޕީޕީއެމް އުވާލުމާ ހަމައަށް މުހައްމަދު އަބްދުﷲ އަކީ އެ ޕާޓީގެ ސެނެޓަރެކެވެ.

ގުޅުން ހުރި - ރޭ ޕީއެންސީ އަށް ސޮއިކުރެއްވި ބޭފުޅުންގެ ތެރޭ މުހައްމަދު އަބްދުﷲގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ކޮމެންޓް (4)

ނަދާ

19 މޭ 2025
މުހައްމާކަލޯ.. އަހަނެ އެންނޫ އިހިނި
0 0

އަސްލު

16 މޭ 2025
މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ކޮމިޝަނެއް ބްރޯޑުކާސްޓިން ކޮމިޝަނަކީ ، އެހެންކަމުން ކޮމިޝަން މެންބަރު ކަމުގެ ދައުރުގައި ސިޔާސީ ޕާރޓީއަކަށް ސޮއިކުރުމަކީ ބްރޯޑުކާސްޓިން ގާނޫނާއި ހިލާފު ކަމެއް. ޕާރޓީ ފިކުރުގެ މީހަކަށް ވުން އެއީ އެހެން ކަމެއް. ރަސްމީކޮށް ޕާރޓީ ދަފްތަރުގައި ނަން އޮތުމަކީ ކޮންޕްލިކްޓް އޮފް އިންޓަރެސްޓް އިޝޫ ނިކުންނާނެ ކަމެއް. މިވަރު ގަޅި ވާނެ ކަމަކަށް ހީނުކުރަން ފޯމް ހަވާލުވި ފަރާތްވެސް.
0 0

ާއަހުމަދު

16 މޭ 2025
މިއަދު ތިމާ މީހާ އަތުގައި ހުރިހާ ބާރެއް އޮތީމާ ބޭނުން ކޮންމެ ކަމެއްވެސް ކުރެވިދާނެ ވިސްނާލަން ޖެހޭ ކަމަކީ މާދަމާ ތިމާ މީހާ ޖަވާބު ދާރީ ވާން ޖެހޭނޭ ކަން
0 0

ތެފައާސާ.

16 މޭ 2025
މުހަންމާ ސޮއިކުރީމާ ދެން އަހަރެމެންނަށް އިތުރު ގޮތެއް ނޯންނާނެ، ޕީއެންސީއަށް ސޮއިކުރަން ނިންމައިފިން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް