ރާއްޖޭގައި ޓެކްސީގެ ހިދުމަތަށް ފުރަތަމަ ފަހަރަށް ނެރުނު ޓެސްލާ ކާރު (ފޮޓޯ/ފަރިޔާޒް)

ޓެކްސީ

އަގުބޮޑު ޓެސްލާ ކާރެއް ޓެކްސީގެ ހިދުމަތަށް

މިއީ ރާއްޖޭގައި ޓެސްލާ ކާރެއް ޓެކްސީގެ ހިދުމަތަށް ނެރުނު ފުރަތަމަ ފަހަރު

ދުނިޔޭގައި ވެސް މަޝްހޫރު އަދި އެހާމެ އަގުބޮޑު ޓެސްލާ ބްރޭންޑުގެ ކާރެއް މިއަދު ޓެކްސީގެ ހިދުމަތަށް ނެރެފި އެވެ.

ވީ ކިހިނެއް؟ - އެންމެ ޒަމާނީ މި ކާރު ޓެކްސީ ކުރަން ނެރުނީ އަވަސް ރައިޑުންނެވެ. ކާރު ދުއްވަނީ އޭގެ ވެރިފަރާތް ކަމުގައިވާ އަލީ ޒަމީރެވެ. އޭނާއަކީ އެ މަސައްކަތުގައި އުޅޭތާ އެތަކެއް އަހަރުވެފައިވާ މީހެކެވެ.

ތަފްސީލް- އަވަސް ރައިޑުން ބުނިގޮތުގައި ގާތްގަނޑަކަށް 800،000ރ.ގެ ކާރު، ޓެކްސީގެ އާއްމު ދަތުރުތައް ކުރާނެ އެވެ. އެކަމަކު ބޮޑަށް އިސްކަން ދޭނީ، ކުރިން ގުޅައިގެން 'ޕްރީ ބުކްޑް' ދަތުރުތަކަށް ކަމަށް ބުންޏެވެ.

"އަގަކަށް އެއްވެސް ބަދަލެއް ނާންނާނެ. ހަމަ ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ދަތުރުކުރާނީ. އެކަމަކު ޕްރީ ބުކްޑް ދަތުރުތަކުގައި އަގު ތަފާތު ވާނެ،" އަވަސް ރައިޑުގެ އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކާރު ހިދުމަތަށް ނެރުނީ ޕްރީމިއަމް ހިދުމަތެއް ތައާރަފްކުރުމުގެ ގޮތުންނެވެ.

ހުދު ކުލައިގެ މި ކާރު ހިދުމަތަށް ނެރޭ މަންޒަރު، ޓީވީއެމްއިން މިއަދު ހެނދުނު ވަނީ ލައިވްކޮށް ދައްކާފަ އެވެ.. އެނގިފައިވާ ގޮތުގައި މިއީ ޒަމީރު އަމިއްލަ މަސައްކަތުން ގަނެފައިވާ ކާރެކެވެ.

ޓެސްލާ ބްރޭންޑުގެ ކާރުގައި އާއްމު ގޮތެއްގައި ގައުމުތަކުގައި ޓެކްސީކޮށެއް ނޫޅެ އެވެ. އެއަށް ވުރެ ބޮޑަށް އެ ކާރު ބޭނުން ކުރަނީ ލަގްޒަރީ އުޅަނދެއްގެ ގޮތުގަ އެވެ.

އެނގުން މުހިއްމު- ދިރާގުން ވަނީ އެ ކުންފުނިން ހިންގި ޕްރޮމޯޝަނެއްގެ ނަސީބުވެރިއަކަށް ވެސް މިދިޔަ އަހަރު ޓެސްލާ ކާރެއް ހަދިޔާކޮށްފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

15 މޭ 2025
ރައީސްގެ އިސްނެންގެވުމާއި މަޝްވަރާއާއި އިރުޝާދުގެ ދަށުން މިފަދަ ޚިދުމަތްތައް ތައާރަފުކުރައްވާތީ ސަރުކާރަށް ޝުކުރު ދަންނަވަން. ޓެސްލާ ގެންނަވާފައި ދެން ލަސްތަކެއްނުވެ ޕޭޕަލްއާއި ވޮލްމާޓާއި އަދި ނަންޑޯސްވެސް ގެންނަވާނެކަމަށް އުންމީދުކުރަން.
1 5

އިތުރު އާޓިކަލް

އިތުރު އާޓިކަލް