އއ. މަތިވެރި/. އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ވަނީ އިއުލާންކޮށްފައި (ފޮޓޯ/ޓްރިޕް އެޑްވައިޒާ)

އއ. މަތިވެރި

މަތިވެރީގައި އެއާޕޯޓު އަޅައިދޭނެ ބަޔަކު ހޯދަނީ

މަތިވެރީގައި އެއާޕޯޓު އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެކްސްޕެޝަންސް އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައި

އއ. މަތިވެރީގައި އެއާޕޯޓު އަޅައިދޭނެ ބަޔަކު ހޯދުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟- މާލެއިން ފުރައިގެން ގާތްގަނޑަކަށް ދޮޅުގަޑިއިރަށް ވުރެ އަވަހަށް ދަތުރުކުރެވޭ މަތިވެރީގައި އެއާޕޯޓު އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެކްސްޕެޝަންސް އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ފަޅުހިއްކައިގެން މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސް ވަނީ، މި އަހަރު އެ ރަށުގައި އެއާޕޯޓު އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.

ގެޒެޓުގައި ކޮށްފައިވާ އިއުލާނުގައި ބުނީ:

  • މި މަޝްރޫއު ކުރިއަށް ގެންދަނީ 'ކްރޮސް ސަބްސިޑީ' އުސޫލުން ކަމަށް

  • އެއީ އެއާޕޯޓު ތަރައްގީ ކުރުމަށް ދާ ހަރަދު، ފޫބެއްދުމަށް އިތުރު ވިޔަފާރިއެއް ކުރެވޭ ގޮތަށް

އެއާޕޯޓު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޖޫން މަހުގެ 15ގެ ނިޔަލަށެވެ.

އެނގުން މުހިއްމު- މިދިޔަ އަހަރު ރައީސް މުއިއްޒު މަތިވެރިއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ އއ. އަތޮޅުގައި އެއާޕޯޓެއް އޮތުމަކީ އިގްތިސާދީ ގޮތުން ބަލާއިރު ދެކޮޅު ޖެހޭ ކަމެއް ކަމަށެވެ.

"އިގްތިސާދީ ގޮތުން ބަލާއިރު މި ރަށަށް ވެސް، މި ދާއިރާއަށް ވެސް، މި ސަރަހައްދަށް ވެސް މުހިންމު ކަމެއްގެ ގޮތުގައި، އިގްތިސާދީ ގޮތުން ދެކޮޅުޖެހޭ، 'އިކޮނޮމިކަލީ ވަޔަބަލް' ކަމެއް މި ތަނުގައި، މި ރަށުގައި އެއާޕޯޓެއް އެޅުމަކީ،" ރައީސް ވިދާޅުވެފައި ވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް