ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޕްރޮފެސަރު ޑރ. މުހައްމަދު މުރުސަލީން ޕާކިސްތާނުގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/އެމްއެންޔޫ)

އެމްއެންޔޫން ޕާކިސްތާނުގެ 2 ކޮންފަރެންސެއްގައި ބައިވެރިވެއްޖެ

އެމްއެންޔޫ ތަމްސީލުކުރެއްވީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޕްރޮފެސަރު ޑރ. މުހައްމަދު މުރުސަލީން
13 މޭ 2025

ޕާކިސްތާނުގައި ބޭއްވި މުހިންމު ދެ ހަރަކާތެއްގެ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި އަދި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޕްރޮފެސަރު ޑރ. މުހައްމަދު މުރުސަލީން ބައިވެރިވެވަޑައިގެންފި އެވެ.

ތަފްސީލް - މުރުސަލީން ބައިވެރިވެވަޑައިގެންނެވީ، އެމްއެންޔޫން އިއްޔެ ބުނި ގޮތުގައި:

  • ކީނޯޓް ސްޕީޗެއް ދެއްވީ، ޕާކިސްތާނުގެ އިސްލާމިއާ ޔުނިވާސިޓީ އޮފް ބަހާވަލްޕޫރުގެ ޑިޕާޓްމަންޓް އޮފް ގުރުއާން ސްޓަޑީޒްގެ ޗެއާމަންގެ ދައުވަތަކަށް އެ ޔުނިވަސިޓީގައި؛ އެ ތަގުރީރުގެ މައުލޫއަކީ، 'މިޒަމާނުގައި ގުރުއާނުގެ ފިކުރީ ގޮތުން ވިސްނުން'

  • ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ބަހާއުއްދީން ޒަކަރިއްޔާ ޔުނިވާސިޓީ، މުލްތާން (ކުރިން ޔުނިވާސިޓީ އޮފް މުލްތާން)ގެ އިންސްޓިޓިއުޓް އޮފް އިސްލާމިކް ސްޓަޑީޒް އިން ބޭއްވި ބައިނަލްއަގުވާމީ މަހާސިންތާގައި؛ އެ ތަނުގައި ދެއްވި ތަގުރީރުގެ މައުލޫއަކީ، 'އިސްލާމީ ފިކުރަށް ޒަމާނީ ގޮންޖެހުންތަކާއި އޭގެ ހައްލުތައް'

ބުނީ ކީކޭ؟ - އެމްއެންޔޫން ބުނީ މި ހަރަކާތްތަކުގެ ސަބަބުން ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި އެމްއެންޔޫ ތަމްސީލުކުރުމުގެ ފުރުސަތު ލިބި، މި ސަރަހައްދުގެ މަޝްހޫރު އިލްމުވެރިންނާއި މުއައްސަސާތަކާ އެކު ތައުލީމީ އެއްބާރުލުން ބަދަހިވި ކަމަށެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުން އިލްމާއި މަޝްވަރާ ކުރިއެރުވުމުގައި ފެކަލްޓީ މެމްބަރުންނަށް އެހީތެރިވެދީ، ތައުލީމީ ގޮތުން ކުރިއަރުވަން އެމްއެންޔޫން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަކަން އެ ޔުނިވަސިޓީން ފާހަގަކުރި އެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް