ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ބައެއް ބޭފުޅުން: ރައީސް އިސްކަން ދެއްވި ތަރުތީބުގެ އެންމެ ކުރީގައި އޮތީ ޒަމްއަތު(ކ2)
ބްރޯޑްކޮމްއަށް 6 މީހެއްގެ ނަން؛ ރައީސްގެ ލިސްޓުގެ ކުރީގައި ޒަމްއަތު
ބްރޯޑްކާސްޓިން ކޮމިޝަން(ބްރޯޑްކޮމް)ގެ މެންބަރުކަމަށް ކުރިމަތިލެއްވި ހަ ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް، ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ. އޭގެ ތެރެއިން އެމަނިކުފާނު އިސްކަންވި ލިސްޓުގެ ކުރީގައި އޮތީ ކުރީގެ ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދެވެ.
ވީ ކިހިނެއް؟ - އެބޭފުޅުން މި މަގާމަށް ކުރިމަތިލެއްވީ، މިހާރު އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާ (އަނާ)ގެ ފަސް އަހަރުގެ ދައުރު އަންނަ މަހު 14އަށް ހަމަވާތީ ރައީސް އޮފީހުން މިދިޔަ މަހު ކުރި އިއުލާނާ ގުޅިގެންނެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅިގެން ރައީސް ފޮނުއްވި ސިޓީ ވަނީ އިއްވާފަ އެވެ.
ތަފްސީލު - އަމީނާގެ މަގާމާ އެކު ދެން ބޮޑްކާސްޓިން ކޮމިޝަންއިން ހުސްވެފައި ވަނީ، އެ ކޮމިޝަންގެ ނައިބު ރައީސްކަން ކުރެއްވި އަހްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި މަގާމެވެ.
ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި މަގާމަށް ވެސް މިއަދު ހަ ބޭފުޅުން ކުރިމަތިލާފައިވެ އެވެ. މިއަދު ރައީސް ފޮނުއްވި ސިޓީގައި އެ ހަ ބޭފުޅުންގެ ނަންތައް ތަރުތީބުކޮށްފައިވާ ގޮތް:
-
1-
ޒަމްއަތު
-
2-
އިބްރާހިމް އަޝްރަފް
-
3-
ޕީއެސްމްގެ ޕްރެޒެންޓަރު އަދި ޕްރޮޑިއުސާ މޫސާ ރިލްވާން
-
4-
ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު
-
5-
ބްރޯޑްކޮމްގެ ކުރީގެ މެންބަރު އަލީ ޔޫސުފް
-
6-
އޭއޯ ނިއުސްގެ ފައުންޑަރު ޝިމްލާ އަހްމަދު
މި ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ.
ކޮމެންޓް (1)
މަމަަ