ފުލުހުންގެ ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ފުލުހުން

އިންވެސްޓިގޭޝަން ހެޑްގެ މަގާމުން ސާމިހު ވަކިކޮށްފި

ސާމިހު މަގާމުން މި ވަކިކުރީ އޭނާއާ މެދު ފިޔަވަޅު އެޅުމަށް ޔުމްނުގެ އާއިލާއިން ވެސް ގޮވާލާފައިވަނިކޮށް

ފުލުހުންގެ ހޯމިސައިޑް އިންވެސްޓިގޭޝަން ނުވަތަ މަރުތަކުގެ މައްސަލަ ބެލުމަށް އޮންނަ ޔުނިޓްގެ ވެރިޔާ، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އެ މަގާމުން ވަކިކޮށް އެހެން މަގާމަކަށް މިއަދު ބަދަލުކޮށްފި އެވެ.

ވީ ކިހިނެއް؟- އެނގިފައިވާ ގޮތުގައި އިންވެސްޓިގޭޝަން ހެޑްގެ މަގާމުން އޭނާ ބަދަލުކޮށްފައިވަނީ ތަހުގީގުތަކުގެ ފެންވަރު ބަލަން ކަނޑައަޅާފައި އޮންނަ ޑިޕާޓްމެންޓަށެވެ. އެކަމަކު ބަދަލު ކުރީ އެތަނުގެ ކޮން މަގާމަކަށްކަމެއް އަދި ނޭނގެ އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ސާމިހު ވަކިކުރަން، މި މަހު 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ އާއިލާއިން ވެސް ވަނީ ގޮވާލާފަ އެވެ.

ފުލުހުންގެ އިހުމާލު އޮތް ކަމަށް ތުހުމަތުކުރެވޭ އިރު މި މައްސަލައިގެ ތަހުގީގުގައި އިސްކޮށް ހުރީ، ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ވެސް ހެޑް ސާމިހެވެ. އެންމެ ފުރަތަމަ ނޫސްވެރިންނާ އެކު ފުލުހުން ބޭއްވި 'ސިއްރު' ބައްދަލުވުމުގައި ވެސް މައުލޫމާތު ދިން އެއް އޮފިސަރަކީ ސާމިހެވެ. 

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ފުލުހުންނާ ދޭތެރޭ އާންމުންގެ ނުރުހުން ބޮޑުވެފައި އޮއްވާ ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުން ފުރަތަމަ ވެސް ދޮގު ހަދާފައިވާ ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ދެކެ އެވެ. އެކަމަކު މައްސަލަގަނޑު ބޮޑުވެފައި އޮއްވާ ނޫސްވެރިންނާ ބައްދަލުކުރައްވާ ޝުޖާއު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ. އަދި ފުލުހުން ތަހުގީގު ކުރިއަށް ގެންދަނީ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ލަތީފާ

6 މޭ 2025
ދެރަ ނިންމުމެއް، އަދި ދެތިން މީހަކު މުޒާހަރާކޮއްލާއިރަކަށް އެތަކެއް ތަޖުރިބާ ލިބިފަ ހުރި އިންވެސްޓިގޭޓަރެއް ނުޖެހޭ ވަކިކުރާކަށް.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް