ހއ. ބާރަށު އަތިރި މަތީގައި ކުދިންތަކެއް މަޑުކޮށްލައިގެން

ފުލުހުން

ބާރަށުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި އަށް މީހަކާ ސުވާލުކޮށްފި

ބާރަށުގައި ސިހުރު ހަދާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިގެން މިއަދު އެ ރަށުގައި ވަނީ އޮޕަރޭޝަނެއް ހިންގާފައި

ހއ. ބާރަށުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކޮށްފި އެވެ.

ވީ ކިހިނެއް؟- ބާރަށުގައި ސިހުރު ހަދާކަމުގެ އަޑު ގަދަވެފައިވާތާ ދުވަސްގަނޑެއް ވެއްޖެ އެވެ. ފުލުުހުން މިއަދު ބުނީ އެކަމާ ގުޅޭ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުމުން، އެކަން ބެލުމަށް މިއަދު ވަނީ އޮޕަރޭޝަނެއް ހިންގައިފަ އެވެ.

ފުލުުހުން ބުނިގޮތުގައި:

  • މިއަދު ހެނދުނު ފެށި އެ އޮޕަރޭޝަނުގެ ދަށުން އަށް ތަނެއް ވަނީ ބަލާ ފާސްކޮށްފައި

  • އަދި ގުޅުން ހުރި ކަމަށް ބެލެވޭ ތަކެތި އެ ތަންތަނުން ވަނީ ހޯދާފައި

  • އަށް މީހަކު ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ

ފުލުުހުން ބުނިގޮތުގައި އެ އަށް މީހުންނާ ވެސް ސުވާލު ކުރުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެކަމަކު މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.

އެނގުން މުހިއްމު- ސިހުރުގައި ބަޔަކު 'ބަލިވެގެން' އެ އަތޮޅު ކެލާގައި ވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ފުލުހުން އޮޕަރޭޝަނެއް ހިންގައިފަ އެވެ. ސިހުރު ހަދާ ކަމުގެ ތުހުމަތުގައި އޭރު އެ ރަށުން ބަޔަކު ހައްުޔަރު ވެސް ކުރި އެވެ. އެކަމަކު ފަހުން ވަނީ އެ މީހުން ދޫކޮށްލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް