ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ އައްޔަންކުރި ކަމުގެ ލިޔުން، ރައީސް މުއިއްޒު ހަވާލުކުރައްވަނީ. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ ވަކިކޮށްފި

ފޮރިން ސެކްރެޓަރީގެ މަގާމުން ވަކިކުރި ނަމަވެސް ފޮރިން މިނިސްޓްރީގެ ސެކްރެޓަރީއެއްގެ ގޮތުގައި އިނާޔާ ދެމިހުންނަވާނެ

ރާއްޖޭގެ ފުރަތަމަ އަންހެން ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެއްވި ފާތިމަތު އިނާޔާ އެ މަގާމުން މިއަދު ވަކިކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ހާރިޖީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި އަދި އެ ދާއިރާގެ ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އިނާޔާ ފޮރިން ސެކްރެޓަރީގެ މަގާމުން ވަކިކުރި ނަމަވެސް އެ މިނިސްޓްރީގެ ސެކްރެޓަރީއެއްގެ ގޮތުގައި ދެމިހުންނަވާނެ އެވެ.

ތަފްސީލް - ސްޓޭޓު މިނިސްޓަރު ފެންވަރުގައި ފޮރިން ސެކްރެޓަރީގެ މަގާމަށް ޑިސެމްބަރު 2023ގައި އައްޔަންކުރެއްވި އިނާޔާ އެ މަގާމުން ވަކިކުރި ސަބަބެއް ސާފެއް ނުވެ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.

ފޮރިން ސެކްރެޓަރީ އަކީ މިނިސްޓަރަށް ފަހު ހާރިޖީ ވުޒާރާގެ އެންމެ އިސް ބޭފުޅާގެ ގޮތުގައި ހުންނަވާ ބޭފުޅާ އެވެ. ފޮރިން ސާވިސް ގާނޫނު ބުނާ ގޮތުން ފޮރިން ސެކްރެޓަރީގެ މަގާމުގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ.

ކޮމެންޓް (1)

ސިކުނޑި

5 މޭ 2025
ތިމާވެއްޓާބެހޭ މީހަކު ޓޫރިޒަމަށް ލައިގެން ބުނާހާގޮތަކަށް ބުނިހާކަމެއް އެދާއިރާގެ ތަޖުރިބާ ހުރި މީހަކަށް ނުކުރެވޭނެ! މިގައުމުގެ ހުރިހާ ކަމެއްގައިވެސް އޮންނަ އުސޫލަކީ ވެރިން ބޭނުންވާގޮތް ކަމަށްވެ ނިމިއްޖެ! ވަރަށް ދެރަ!
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް