މާލޭގެ ބޭސްފިހާރައެއް (ދައުރު ފޮޓޯ/ހުސެން ސުނޭން)

ބޭސް ދަތިވީ އަމިއްލަ ކުންފުނިތަކުން ބޭސް ގެނައުން ގަސްދުގައި ހުއްޓާލުމުން: ރައީސް

ރައީސް ވިދާޅުވީ މީގެ ކުރިން %0-%2000 ފައިދާ ލާފައި ބައެއް ވިޔަފާރިވެރިން ބޭސްވިއްކި ކަމަށް؛ އާސަންދަ ރިފޯމުގެ ދަށުން ގެނައި ބަދަލުތަކާއެކު ވިޔަފާރިތަކުން އެ ބޭސްތައް ގެނައުން ކުއްލިއަކަށް ހުއްޓާލީ ކަމަށް ވިދާޅުވި

އާސަންދަ ރިފޯމުގެ ތެރެއިން ގެނައި ބަދަލުތަކާ އެކު ރާއްޖެއަށް ބޭސް އެތެރެކުރާ ބައެއް ކުންފުނިތަކުން ބޭސް އެތެރެކުރުން ހުއްޓާލި ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަމުން ރައީސް ވިދާޅުވީ މީގެ ކުރިން %1000-%2000 ފައިދާ ލާފައި ބައެއް ވިޔަފާރިވެރިން ބޭސް ވިއްކި ކަމަށާއި އާސަންދަ ރިފޯމުގެ ދަށުން ގެނައި ބަދަލުތަކާ އެކު ވިޔަފާރިތަކުން ކުރި ކަމަކީ ކުއްލިއަކަށް އެ ބޭސްތައް ގެނައުންހުއްޓާލީ ކަމަށެވެ.

ތަފްސީލް - ރާއްޖޭގެ މާކެޓުން ބައެއް ބޭސްތައް ލިބުން ދަތިވެގެން ދިޔައީ ވިޔަފާރިތަކުން ގަސްދުގައި އެޅި އެ ފިޔަވަޅުގެ ސަބަބުންކަމަށް ރައީސް ވިދާޅުވި އެވެ.

"ހަމަ ގަސްދުގައި ގެނައުން ހުއްޓާލީ ބައެއް ބޭސް،" ރައީސް ވިދާޅުވި އެވެ.

"ހުއްޓާލީމާ ތާށިތަކެއް ދިމާވީ. އެސްޓީއޯ އަށް ވަގުތުން ނުގެނެވުނީ ބޭސް އެހާވަރަށް."

ބޭހުގެ ދަތިކަން ނައްތާލުމަށް ބައެއް ފިޔަވަޅުތައް އަޅާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

އެގޮތުން:

  • އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ 10 ބޭހެއް ފިޔަވާ ހުރިހާ ބޭހެއް ގެނެސްފި

  • އެސްޓީއޯގެ ހުރިހާ ފިހާރައެއްގައި އެ ބޭސްތައް ހުންނާނެ

  • އެޕްރޫވްޑް ޑްރަގު ލިސްޓުގައި ހިމެނޭ 1،207 ބޭހުގެ ތެރެއިން 784 ބޭސް އެސްޓީއޯ އިން ލިބޭނެ

  • ބާކީ ބޭސްތައް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަނީ

ރައީސް ވިދާޅުވީ ޕްރައިވެޓް ސެކްޓަރުން ބޭސް ވިއްކުމުގައި ބޮޑު ފައިދާ އެއް ލާފައި ވިއްކުމުގެ ކަންތައް ހުއްޓުވުމަށް އެޅި ފިޔަވަޅުތަކަށް ލުއިތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން އޭޕްރީލް 20 އިން ފެށިގެން 77 ބޭހަކުން %15 ފައިދާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެގޮތަށް މި ހަމަޖެއްސީ އިތުުރު ހިތްވަރެއް ދޭން ސްޓޮކް މެއިންޓެއިން ކުރަން ބާރު އެޅުމަށްޓަކާ." ރަައީސް ވިދާޅުވި އެވެ.

ކޮމެންޓް (1)

ރާނޯ

4 މޭ 2025
ބަލަ އެސްޓީއޯ އިން ބޭސް ގެނައުން ހުއްޓާލި ވާހަކަ ބުނަން ނުކެރުނީ ކީއްވެ. 4 މަސް ވަންދެން އޮޑިޓު ކުރަނީއޭ ކިޔާފަ ކުދި އަދި މެދު ފަންތީގެ ޕްރައިވެޓް ކްލިނިކް އަދި ފާމަސީތަކަށް ބޭސް ނުވިއްކާ ތިބީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް