ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރަނީ. އެ ފަދަ މަޝްރޫއުތަކަށް ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ދެން ބިން ދޫނުކުރާނެ ކަމަށް ރައީސް ވިދާޅުވި (ފޮޓޯ/ އެޗްޑީސީ)

ބިން ހިއްކުމުން ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ދިން ބިންތައް އަތުލައިފިން: ރައީސް

ރައީސް ވިދާޅުވި ގޮތުގައި ބަދަލުގެ ގޮތުގައި ބޭރުގެ ކުންފުނިތަކަށް ބިން ދޭން ޖެހޭ ގޮތަށް ދެން އެއްވެސް މަޝްރޫއެއް ކުރިއަކަށް ނުގެންދާނެ

އެކި މަޝްރޫއުތަކުގައި ބިން ހިއްކުމުން، ބޭރުގެ ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ދިން ހުރިހާ ބިމެއް މިހާރު އަތުލާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިިހިނެއް؟- މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބޮޑެތި ބައެއް މަޝްރޫއުތައް މީގެ ކުރިން ކުރިއަށް ގެންގޮސްފައި ހުރީ، ބިން ހިއްކައިދިނުމުން، ބަދަލުގައި އެ ކުންފުންޏަށް ބިމެއް ދޭ ގޮތަށް ކަމަށެވެ. އެކަމަކު މިހާރު އެ ހުރިހާ ބިމެއް އެ ކުންފުނިތަކުން އަތުލާފައިވާ ކަމަށް ވިދާޅުވި އެވެ.

"މިހާރު ނޯންނާނެ ކުރީ ސަރުކާރަކުން ބަދަލުގެ ގޮތުގައި ދިން އެއްވެސް ބިމެއް. ހުރިހާ ބިމެއް މިހާރު ސަރުކާރަށް ނަގައިފިން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއާ އާއި ހުޅުމާލޭ- ފޭސް 3ގެ މަޝްރޫއު ވެސް ހަވާލުކޮށްފައި އޮތީ ބަދަލުގެ ގޮތުގައި ތިލަފުށިންނާއި އެހެން ތަންތަނުން މަސައްކަތް ކުރާ ކުންފުންޏަށް ބިން ދީގެންނެވެ. އެކަމަކު އެ ހުރިހާ އެގްރީމެންޓުތަކެއް މިހާރު ބާތިލްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި:

  • ދެން ސަރުކާރުން މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދާނީ ބަދަލުގެ ގޮތުގައި ބިން ދޭން ނުޖެހޭ ގޮތަށް

  • އޭގެ ބަދަލުގައި މަސައްކަތް ކުރާނީ ކޮންޓްރެކްޓަރުން ހޯދައިގެން

ކޮމެންޓް (1)

ސިކުނޑި

3 މޭ 2025
އެންމެފަހުން މިގޮތަށް މަޝްރޫޢެއް ހިންގަން ބަޔަކާ ހަވާލު ކުރީވެސް މި ސަރުކާރުން! އަދިވެސް ހަމަ ދޮގު ހެދުމާއިގެން ރައީސް ކުރިއަށް ވަޑައިގަންނަވަނީ! އަމިއްލަޔަށްކޮށަފަ އެކަން ހުއްޓުވާފަ، މިހާރު އޮންނާނީ ހުއްޓުވާފައޭ ބުނުމަކީ ވަރަށް ނަތަހުޒީބު ކަމެއް!
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް