ދިވެހި ބަހާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އާއި ފުލުުހުންގެ ބައެއް ވެރިން މަޝްވަރާ ކުރައްވަނީ

ފުލުހުން

ޅެމުން ފަރުވާ ހޯދުމާ ގުޅޭގޮތުން ފުލުހުންނާ މަޝްވަރާކޮށްފި

ފުލުހުން ބުނިގޮތުގައި ޅެމުން ނަފްސާނީ ފަރުވާ ދެވޭތޯ ބެލުމަށް، ދިވެހި ބަހާ ބެހޭ މިނިސްޓްރީއާ އެކު ވަނީ މަޝްވަރާކޮށްފައި

ނަފްސާނީ ބައްޔަށް، ޅެމަށް ފަރުވާ ހޯދުމާ ގުޅޭގޮތުން ދިވެހި ބަހާ ގުޅޭ މިނިސްޓްރީން ފުލުުހުންނާ މަޝްވަރާކޮށްފި އެވެ.

ވީ ކިހިނެއް؟- ފުލުުހުންގެ އިދާރާގައި އޮންނަ، އަނިޔާ ލިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ވިކްޓިމް ސަޕޯޓް ޑިޕާޓްމެންޓުން، ދިވެހި ބަހާ ގުޅޭ މިނިސްޓްރީއާ ބައްދަލުކޮށްފައި ވަނީ އިއްޔެ އެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ނަސީރާއި އެތަނުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ފުލުހުން ބުނިގޮތުގައި:

  • އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ، ދެ އިދާއިރާއިން ގުޅިގެން، ނަފްސާނީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން 

  • އޭގެތެރެއިން ޅެމުން ފަރުވާ ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށް ބުނި

ޅެމުން ފަރުވާ ހޯދުމަކީ ކޮބާ؟

ޅެމުން ފަރުވާ ހޯދުމަކީ މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަހު ސަރުކާރުން އިފްތިތާހު ކުރި ކަމެކެވެ. އެ ދުވަހު ސަރުކާރުން ވަނީ ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ހާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެކަން ތައާރަފް ކުރާނީ، އެ ދިރާސާއިން އަލިމަގެއް ފެނިއްޖެ ނަމަ ކަމަށް ބުނެފައި ވެ އެވެ.

މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި ގޮތުގައި:

  • ޅެންވެރިކަމަކީ ހަމައެކަނި މުނިފޫހިފިލުވުމާއި އިހުސާސްތަކާ ތޮޅިލުމުގެ ވަސީލަތެއް ނޫން

  • ދިރާސާތަކުން ދައްކާ ގޮތުގައި އެއީ އެއަށް ވުރެ ބާރުގަދަ ހަތިޔާރެއް

  • ބޭރުގައުމުތަކުގައި ވެސް ޅެންވެރިކަމުން ފަރުވާ ދޭ

  • އަދި ބޭސްވެރިކަމެއްގެ ގޮތުގައި ވެސް ޅެން ބޭނުން ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި

މިނިސްޓަރު ވިދާޅުވި ގޮތުގައި ޅެމުން ފަރުވާ ދެވޭ ކަމަށް ބުނަނީ އޭގެ ސަބަބުން ހިތްވަރު އާލާކުރުމާއި ފިކުރުތައް ދުރުކޮށް، ވޭން ކުޑަކޮށް އަދި އުފާވެރިކަން ގެންނަ ކަމަކަށް ވާތީ އެވެ.

ކޮމެންޓް (2)

ތެފައާސާ.

30 އޭޕްރީލު 2025
"....ހިތުގައި ދޮރުފަތް ހުޅުވާލަދީ، އަދި އަހަރެން އެދޮރުން ވަނަދޭށޭ. ހާއުފާވާ މަންޒިލެކޭމީ ގާތުން ދޭދޭނަމަ ދޭށޭ. އާން ހާ. އާން. އާން އާންހާ... ޓޮއް ޓޮއް ޓޮއް..."
1 0

ޤައުމިއްޔަތޭ

30 އޭޕްރީލު 2025
ކެކެކެ.. ޅެން ބަހުރުވައިން މުސާރަވެސް ދީ ތިބޭފުޅާއަށް. ތިއީ ވިއްޔާ ދިވެހިންނަށް ނުވެގެން މިއުޅޭ ކަމަކީ މި ޤަރުނުގައި "ދޭށެ ދެން މުސާރަ އެބޭފުޅާއަށް ޅެން ބަހުން،" "އުޅޭ ކަމަކީއެ މިޤަރުނުގައި މީ ދިވެހިންނަށް ނުވެގެން."
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް