އިމާރާތަކުން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވަލާ ޒުވާނުން މާލޭގައި ކުރި ތިން ވަނަ މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފި

ޔުމްނު މެލޭޝިއާއަށް ގެންދިޔައީ އެންސްޕާއިން ހަމަޖައްސައިިދިން 300،000ރ.އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ އާއި އާންމުންގެ އެހީތެރިކަމާ އެކު ހޯދި 800،000ރ.އަށް ވުރެ ގިނަ އަދަދެއްގެ ފައިސާގެ އެހީތެރިކަމާ އެކު

މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ފަތިހު ހ. ފެންޓެނޯއީގެ ނުވަ ވަނަ ބުރިން ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް މޭލޭޝިއާއަށް ރޭ ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޔުމްނު، 21، ވެއްޓިފައި އޮއްވާ ފެނިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހެނދުނު އެވެ. އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ތަފްސީލް - ސީރިއަސް ޒަހަމުތަކަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފައިވަނީ ރޭ 9 ޖަހާކަށް ހާއިރު ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގަ އެވެ.

މި ދަތުރަށް ސަރުކާރުން ހަމަޖައްސައިދިނީ 385،500ރ. އެވެ.

އެންސްޕާ މެދުވެރިކޮށް ހަމަޖައްސައިދިން މި ފައިސާގެ އިތުރުން ވެސް ފައިސާ ބޭނުންވާތީ އިތުރު ފައިސާ ރޭ ހަމަޖައްސާފައިވަނީ އާންމުންގެ އެހީތެރިކަމާ އެކު އެވެ. އެގޮތުން، ޓިކްޓޮކް ލައިވްއެއްް ވެސް ހިމެނޭ ގޮތަށް، 800،000އަށް ވުރެ ގިނަ ރުފިޔާ ވަނީ ޔުމްނުގެ ފަރުވާއަށް ހޯދާފަ އެވެ.

ގުޅުންހުރި - އިމާރާތުގެ ކުޑަދޮރުން ޔުމްނު ވެއްޓުނު މައްސަލައިގައި، އޭނާއާ އެކު އެ ރޭ އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް