އިމާރާތަކުން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވަލާ ޒުވާނުން މާލޭގައި ކުރި ތިން ވަނަ މުޒާހަރާގެ ތެރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޔުމްނުގެ ފަރުވާއަށް ބޭނުންވާ ފައިސާ ޓިކްޓޮކް ލައިވްއަކުން ހަމަކޮށްފި

ފަންޑް ރެއިޒިން ހަރަކާތަކަށް ދާން މަޖުބޫރުވީ ސަރުކާރުގެ ހަރަދުގައި ރާއްޖޭން ބޭރަށް ގެންދިޔުމަށް ހަމަޖައްސައިދިނުމަށް ފަހު އެކަމަށް ބޭނުންވާ ފައިސާގެ ބޮޑު ބައެއް ނުދިނުމުން

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރަން ޖެހޭ ފަރުވާތަކަށް ބޭނުންވާ ފައިސާ، ޓިކްޓޮކް ލައިވް މެދުވެރިކޮށް ހޯދައިފި އެވެ.

ވީ ކިހިނެއް؟ - ފަންޑް ރެއިޒިން ހަރަކާތަކަށް ދާން މަޖުބޫރުވީ ސަރުކާރުގެ ހަރަދުގައި ރާއްޖޭން ބޭރަށް ގެންދިޔުމަށް ހަމަޖައްސައިދިނުމަށް ފަހު އެކަމަށް ބޭނުންވާ ފައިސާގެ ބޮޑު ބައެއް ނުދިނުމުންނެވެ.

އާއިލާގެ ފަރާތުން ވެސް އެކަން 'ދައުރުު'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ އެ ވަގުތު އެމްބިއުލާންސްގައި ހުރުމުން އިތުރު ތަފްސީލެއް ނުލިބެ އެވެ.

ތަފްސީލު - އެއާ އެކު ޓިކްޓޮކް ލައިވް މެދުވެރިކޮށް މިއަދު ހަވީރު 6:30 ގައި ފަންޑްރެއިޒިން ހަރަކާތެއް ވަނީ ފަށާފަ އެވެ.

ޔުމްނުގެ ބޭސްފަރުވާއަށް ބޭނުންވާ ހަރަދު ހަމަޖައްސަން ޓިކްޓޮކް މެދުވެރިކޮށް ކުރިއަށްގެންދިޔަ ފަންޑްރެއިޒިން ހަރަކާތް.

އެ ހަރަކާތުން އެއްކުރި ފައިސާގެ ބެލެންސް މިރޭ 9 ޖެހިއިރު ދައްކާލިއިރު:

  • 480،388 ރުފިޔާ

  • 9،990 ޑޮލަރު (154،045.8 ރުފިޔާ)

އެއާ އެކު ޖުމްލަ 2 ގަޑިއިރާއި 30 މިނެޓުގެ ތެރޭގައި އެ ހަރަކާތުގެ ދަށުން 634،433 ރުފިޔާ ވަނީ ހަމަކޮށްފަ އެވެ.

ފައިސާ ހަމަވި ފަހުން ވެސް ގިނަ އަދަދެއްގެ މީހުން ވަނީ ފައިސާ ޖަމާކޮށްފަ އެވެ. އެގޮތުން ރުފިޔާގެ ގޮތުގައި 657،824 ރުފިޔާ އާއި 10،480 ޑޮލަރު ވަނީ ހަމަކޮށްފަ އެވެ. އެއީ މުޅި ޖުމްލަ 657،824 ރުފިޔާ އެވެ.

ކޮމެންޓް (1)

ސެލިއުޓް

27 އޭޕްރީލު 2025
ޝެހޭ ތިޔަކުރެއްވި މަސައްކަތަށް ތަޢްރީފު ޙައްޤު! ތިބާ އަށާއި އަދި ފަންޑު ކުރެއްވި ހުރިހާ ފަރާތްތަކަށް ﷲ ބަރަކާތް ލައްވާށި!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް