ބުޅަލެއް (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

ރ. އިނގުރައިދޫ

އިނގުރައިދޫގައި އުޅޭ ބުޅާތައް ފަޅުރަށަކަށް ބަދަލު ކުރަނީ

އެ ރަށުގައި މިހާރަކަށް އައިސް އާންމުންނަށް އުނގަދޫވާ ވަރަށް ބުޅާ ގިނަވެފައިވާތީ ބުޅާ މަދު ކުރުމަށް އާންމުން އެދިފައިވާ ކަމަށް ކައުންސިލުން ބުނި

ރ. އިނގުރައިދޫގައި ބުޅާ ގިނަވެ ރައްޔިތުންގެ އެދުމުގެ މަތިން ބުޅާތައް ފަޅުރަށަކަށް ބަދަލުކޮށްދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - އިނގުރައިދޫ ކައުންސިލުން މިއަދު ވަނީ ރަށުން ބުޅާ މަދުކުރުމަށް ބުޅާ ހިފައި ފަޅުރަށަކަށް ގެންގޮސްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.

ތަފްސީލް - ކައުންސިލުގެ އިއުލާނުގައި ބުނީ އެ ރަށުގައި މިހާރަކަށް އައިސް އާންމުންނަށް އުނގަދޫވާ ވަރަށް ބުޅާ ގިނަވެފައިވާ ކަމަށެވެ. އެހެންކަމުން، ބުޅާ މަދުކުރުމަށް އާންމުންގެ ފަރާތުން އެދިފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އިނގުރައިދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ، ރައްކާތެރި ގޮތުގައި ބުޅާ ހިފައި އެއްވެސް ކައުންސިލެއްގެ އިހުތިސޯސުގައި ނުހިމެނޭ ފަޅުރަށަކަށް ގެންގޮސްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

ބުޅަލަށް އެންމެ ރައްކާތެރި ގޮތުގައި އެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުމަށް ވަނީ އިއުލާނުކޮށްފަ އެވެ.

އެ ކައުންސިލުން ބުނީ ކޯޓޭޝަނުގައި ހިމަނަންވާނީ 300 ބުޅާ ހިފައިދޭނެ އަގު ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް