ވޭޕް ކުރުމާއި ސިނގިރެޓް ބުޔުން މަނާކަން އަންގައިދޭ ބޯޑްތަކެއް ބަހައްޓާފައި

ކަސްޓަމްސް

ވަގަށް އެތެރެކުރަން އުޅެނިކޮށް ލައްކައަކަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގަނެފި

ވަގަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު އަތުލައިގަނެފައިވާއިރު، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ސިނގިރޭޓުން ނަގާ ޑިއުޓީ ވަނީ ބޮޑުކޮށްފައި

ރާއްޖެ އެތެރެކުރަން އުޅުނު 100،000އަށް ވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.

ވީ ކިހިނެއް؟ - ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަތީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ކަމަށެވެ.

ތަފްސީލު - ޖުމްލަ 130،155 ސިނގިރޭޓު ސްޓިކް އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ވަގަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު އަތުލައިގަނެފައިވާއިރު، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ސިނގިރޭޓުން ނަގާ ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ. 

އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް އެ އިސްލާހު ގެނެސް އަމަލު ކުރަން ފެށި ފަހުން ރާއްޖެއަށް ކަނޑުމަގުން ވަގަށް އެތެރެކުރަން އުޅުނު ސިނގިރޭޓުތަކެއް ވެސް ވަނީ އަތުލައިގަނެފަ އެވެ. މީގެ އިތުރުން ސިނގިރޭޓުގެ އަގު ބޮޑުވެ، ބްލެކުމާކެޓުގައި ކޮލެޓީ ދަށޤ ސިނގިރޭޓު ވިއްކުން ވެސް އާންމުވި އެވެ. ފުލުހުން ވަނީ މީގެ ކުރިން އެގޮތަށް ސިނގިރޭޓު އުފައްދަމުން ދިޔަ ތަނެއް ރެއިޑު ވެސް ކޮށްފަ އެވެ.

ފާހަގަ ކުރެވޭ - ދުންފަތް އިސްތިއުމާލުކުރުމުގެ ތެރެއަށް މީހުން ވަނުން ހުއްޓުވުމަށް 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ސިގިރޭޓު ވިއްކުން މަނާކުރުމަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް