ކޮމަންޑޫ ދާއިރާއަށް އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ހަންނަނާ

އެމްއެންޕީ

އެމްއެންޕީން ކޮމަންޑޫ އިންތިހާބަށް ނެރެނީ ތައުލީމީ ދާއިރާގެ ބޭފުޅެއް، ޕްރައިމަރީއެއް ނޯންނާނެ

އެމްއެންޕީން ކައުންސިލުން ޓިކެޓް ދޭން ނިންމި ހަންނާނު ވަނީ 32 އަހަރު ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާފައި

ރާއްޖޭގެ އެނެމް ހަގު ޕާޓީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ތައުލީމީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ބޭފުޅަކު ނެރެން ހަމަޖައްސައިފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނެވި ޕާޓީން ޕްރައިމަރީއަކަށް ހުޅުވާލުމުން އެންމެ ބޭފުޅަކު ކުރިމަތިލެއްވުމާ އެކު، ޕްރައިމަރީއަކަށް ނުދާ ގޮތަށް ވެސް މިހާރު ވަނީ ނިންމައިފަ އެވެ. 

ބުނީ ކީކޭ ؟- އެމްއެންޕީގެ ތަރުޖަމާނު އަސްރާ އަހްމަދު 'ދައުރު'އަށް ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ހަންނާން އިދުރީސްއަކީ ތައުލީމީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށެވެ.

"އެންމެ މީހަކު ކުރިމަތިލީ. ދެން މިއަދު ހަވީރު ބޭއްވި ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ހަންނާނަށް ޓިކެޓް ދިނުމަށް ވަނީ ނިންމާފައި،" އަސްރާ ވިދާޅުވި އެވެ.

ހަންނާނަކީ:

  • ކޮމަންޑުއަށް އުފަން ހަންނާނު ތައުލީމީ ދާއިރާގައި 32 އަހަރު ހޭދަކުރެއްވި. 

  • ގިނަ ސްކޫލްތަކެއްގެ ޕްރިންސިޕަލްކަންކުރެއްވި

  • 2019-2013އަށް ހުންނެވީ ވިލާ ކޮލެޖްގެ ޝަރިއްޔާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރަކަށް

  • މިހާރު ވިޔަފާރިވެރިއެއް

  • އެމްއެންޕީއަށް ފުރަތަމަ ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނޭ

ފަސް މަންޒަރު - ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް ހުންނެވި ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމާ ގުޅިގެންނެވެ. 

ބައި-އިލެކްޝަން އޮންނާނީ 5 ފެބުރުއަރީ 2022 ގަ އެވެ. މި އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތު ހަމަވަނީ މި މަހު 30ގެ ނިޔަލަށެވެ.

މިހާތަނަށް އިންތިހާބުގައި ވާދަކުރާނެކަމަށް އިއުލާންކޮށްފައިވަނީ، އެމްއެންޕީގެ އިތުރުން އިދިކޮޅު މައި ޕާޓީ ޕީޕީއެމް އާއި ވެރިކަން ކުރަމުން އަންނަ އެމްޑީޕީންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް