މާލޭގެ މަގުމަތި. (ދައުރު ފައިލް ފޮޓޯ/އިބްރާހިމް އިފާޒު)
60 އަހަރު ވިޔަސް އަދިވެސް ކާރާއި އެހެން ވެހިކަލްތަކުގެ ލައިސެންސް ނެގޭނެ
އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ބައެއް އުޅަނދުތަކަށް ހާއްސަ ލައިސެންސެއް ނެގޭ ގޮތަށް ގަވާއިދުގަައި ހިމެނުމުން އެހެން އުޅަނދުތަކަށް ލައިސެންސް ނުނެގޭ ކަމަށް ހީކޮށް، ހަގީގަތް އޮޅޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ފެތުރެން ފަށައިފި އެވެ.
ވީކިހިނެއް؟ - ބައެއް އުޅަނދުތަކުގެ ލައިސެންސް ލުއި ގޮތަކަށް، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ނެގޭ ގޮތަށް ހެދުން ގަވާއިދުގައި ވަނީ ހިމަނާފަ އެވެ. މި ހާއްސަ ލައިސެންސް ދޫކުރާނީ ވަކި އުޅަނދުތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
60 ސީސީއިން ދަށުގެ މޮޓޯސައިކަލު
-
އޮޓޯސައިކަލު
-
ރަށު ޕިކަޕް ފަދަ އުޅަނދުތައް
ތަފްސީލް - ގަވާއިދުގައި އޮތް އިބާރާތް އޮޅިގެން ސޯޝަލް މީޑިއާގައި އެކި ވާހަކަތައް ދަނީ ދެކެވެމުންނެވެ.
ބައެއް މީހުންނަށް ހީވީ ހާއްސަކޮށް މިއާއެކީ ހާއްސަ ލައިސެންސް ދޫކުރާ ބާވަތުގެ އުޅަނދު ފިޔަވައި އެހެން އުޅަނދުތައް، 60 އަހަރުން މަތީގެ މީހުނަށް ނުދުއްވޭނެ ކަމަށެވެ.
މީގެ ސަބަބުން ކާރު ފަދަ އުޅަނދުތަކުގެ ލައިސެންސް ދެން އެ އުމުރުގެ މީހުނަށް ނުނެގޭނެ ކަމަށް ގަބޫލުކުރެވިގެން ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައި އެބަ ހުއްޓެވެ.
"އުމުރުން 60 އަހަރުން މަތީގެ ފަރާތްތައް އެބަ އުޅޭ އަމިއްލަ ކާރު، ސައިކަލު، އަމިއްލަ ވެހިކަލްތައް ގެންގުޅޭ. އޭނާގެ އުމުރު ވަކި ހިސާބަކަށް ދިއުމަކީ އޭނާގެ ލައިސެންސް ބާތިލްކުރަން ޖެހޭ ކަމަކަށް އަޅުގަނޑު ނުދެކެން. މި ގަވާއިދު ކުށްވެރިކުރަން،" ސޯޝަލް މީޑިއާގައި ވީޑިއޯއެއް މެދުވެރިކޮށް ހިޔާލު ފާޅުކުރި މީހަކު ބުންޏެވެ.
އެނގުން މުހިއްމު - ގަވާއިދު މިއަދު ޝާއިއުކުރުމާ އެކު ވެސް، ކާރު ނުދުއްވޭ ގޮތަށް ގަވާއިދު ބަދަލުކުރީ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރުމުން، އެކަން ސާފުކޮށްދީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން 'އެކްސް'ގައި ޕޯސްޓެއް ކުރެއްވި އެވެ.
"މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދުގެ ދެވަނަ އިސްލާހުގެ ދަށުން މިހާރު ދޫކުރާ ވަގުތީ އަދި ދާއިމީ ލައިސަންސް ކަނޑައަޅާފައިވާ އިމްތިހާންތައް ފުރިހަމަކޮށްގެން ނެގުމަށް 18 އަހަރުން މަތީގެ އެއްވެސް އުމުރު ފުރައެއްގެ އެއްވެސް ފަރާތަކަށް ހުރަހެއް ނެތް،" އަމީންގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.
އޭގެ މާނައަކީ ކާރު އަދި އެކި ކަހަލަ ސައިކަލުތަކާއި އެހެން ވެހިކަލްތަކުގެ ލައިސެންސް ނެގުމަށް މިހާރު ވެސް އޮންނަ އުސޫލުތަކުގެ ތެރެއިން ފުރިހަމަކުރަން ޖެހޭ އިމްތިހާނުތަކާއި އެހެނިހެން ކަންކަން ފުރިހަމަކޮށްގެން 60 އަހަރުން މަތީގެ މީހުންނަށް އަދިވެސް ލައިސެންސް ނެގޭނެ އެވެ.
އަދި އާންމު އުސޫލުތަކުގެ ތެރެއިން މިހާރު ނަގާފައިވާ އެއްވެސް ލައިސެންސަކަށް އެއްވެސް ބަދަލެއް ވެސް ނާންނާނެ އެވެ.
*މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގެ 02 ވަނަ އިސްލާހުގެ ދަށުން މިހާރު ދޫކުރާ ވަގުތީ އަދި ދާއިމީ ލައިސަންސް ކަނޑައަޅާފައިވާ އިމްތިހާންތައް ފުރިހަމަކޮށްގެން ނެގުމަށް 18 އަހަރުން މަތީގެ އެއްވެސް އުމުރު ފުރައެއްގެ އެއްވެސް ފަރާތަކަށް ހުރަހެއް ނެތެވެ.*
— Mohamed Ameen (@ameen3d) April 13, 2025
އެގޮތުން…