ރައީސް މައުމޫން އެމްއާރުއެމްގެ ޒައީމުގެ މަގާމަށް ފޯމު ހުށަހަޅުއްވަނީ(ފޮޓޯ/މައުމޫން ޓްވިޓާ)

އެމްއާރުއެމް

އަމިއްލަފުޅު ޕާޓީގެ ޒައީމުކަމަށް މައުމޫން ކުރިމަތިލައްވައިފި

ޕާޓީގެ ޒައީމްގެ މަގާމަށް ކުރިމަތިލުމަށް މައުމޫން މިއަދު ވަނީ ފޯމު ހުށަހަޅުއްވާފައި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަމިއްލަފުޅު ޕާޓީ، މޯލްޑިވްސް ރީފޯމް މޫވްމަންޓް(އެމްއާރުއެމް)ގެ ޒައީމުކަމަށް އެމަނިކުފާނު މިއަދު ކުރުމަތިލައްވައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ މަހު ދެވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ނޭޝަނަލް ކޮންވެންޝަނުން އިންތިހާބު ކުރާ ޒައީމުގެ މަގާމަށް ވާދަ ކުރެއްވުމަށް، އެޕާޓީގެ ވަގުތީ ރައީސްކަން ވެސް ކުރައްވާ، މައުމޫން ފޯމު ހުށަހެޅުއްވިކަން އެމަނިކުފާނު ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައި ހާމަކުރައްވައިފަ އެވެ.

އެނގުން މުހިންމު - ޕާޓީގެ ޒައީމްގެ މަގާމަކީ، ޕާޓީގައި އެހާ ބާރުގަދަ މަގާމެއް ނޫނެވެ. އެމްއާރުއެމްގެ އެންމެ ބާރުގަދަ މަގާމަކީ، ޕާޓީގެ ރައީސްގެ މަގާމެވެ. ޒައީމްގެ މަސްއޫލިއްޔަތަކީ، ޕާޓީ ހިންގެވުމަށް ރައީސަށް އިރުޝާދުދެއްވުމެވެ.

މައުމޫން ކުރެއްވި ޓްވީޓް

ފެށުން - އެމްއާރުއެމްގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލީ، މިމަހު ނުވަނަ ދުވަހު އެވެ. މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވަނީ މާދަމާ ހަވިރު 4:00 އަށެވެ. މިއީ:

  • އެ ޕާޓީގެ މަގާމުތަކަށް މީހުން އައްޔަން ކުރުމަށް ބާއްވާ ފުރަތަމަ ގައުމީ ޖަލްސާ

ކުރިމަތިލިމަށް ހުޅުވާލި މަގާމުތައް:

  • 1-

    އެމްއާރުއެމްގެ ޒައީމް

  • 2-

    ޕާޓީގެ ރައީސް

  • 3-

    ޕާޓީގެ ނައިބު ރައީސް

  • 4-

    ޕާޓީގެ ނައިބު ރައީސް (އަންހެން)

  • 5-

    އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު (ފިރިިހެން) - 10 މީހުން އިންތިހާބު ކުރާނެ

  • 6-

    އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު (އަންހެން) -10 މީހުން އިންތިހާބު ކުރާނެ

  • 7-

    ޒުވާނުންގެ ކައުންސިލް ގެ ރައީސް

  • 8-

    ޒުވާނުންގެ ކައުންސިލްގެ ނައިބު ރައީސް

  • 9-

    ޒުވާނުންގެ ކައުންސިލްގެ މެމްބަރު (ފިރިިހެން) - 15 މީހުން އިންތިހާބު ކުރާނެ

  • 10-

    ޒުވާނުންގެ ކައުންސިލްގެ މެމްބަރު (އަންހެން) - 15 މީހުން އިންތިހާބު ކުރާނެ

  • 11-

    އަންހެނުންގެ ކައުންސިލްގެ ރައީސް

  • 12-

    އަންހެނުންގެ ކައުންސިލްގެ ނައިބު

  • 13-

    އަންހެނުންގެ ކައުންސިލްގެ މެމްބަރު - 20 މީހުން އިންތިހާބު ކުރާނެ

  • 14-

    އިންތިހާބު ކޮމިޓީގެ މެންމެބަރު - ފަސް މީހުން ހޮވާނެ

  • 15-

    ސުލޫކީ ކޮމިޓީގެ މެންބަރު

  • 16-

    އިސްތިއުނާފް ކޮމިޓީގެ މެންބަރު- ފަސް މީހުން ހޮވާނެ

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް ރަޖިސްޓްރީ ކުރީ 20 ނޮވެމަބަރު 2019ގަ އެވެ. އެމްއާރުއެމްގައި އަދި އޮތީ ވަގުތީ ހިންގާ ކޮމިޓީއެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް