އައްޑޫ ލިންކު ރޯޑު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކުރުން (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)
އައްޑޫ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ހަދަން 829 މިލިއަނަށް އާރުޑީސީއަށް
އަައްޑޫ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
އެސްބަސްވުމުގައި ސޮއިކުރެއްވީ:
-
މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު
-
އާރުޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު
އައްޑޫ ސިޓީ ލިންކް ރޯޑް، މަގުތަކާއި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ.… pic.twitter.com/X9Lb8qOoZ8
— Ministry of Construction, Housing & Infrastructure (@MoCImv) April 8, 2025
ތަފްސީލް - މި މަސައްކަތުގެ ދަށުން އައްޑޫ ލިންކު ރޯޑު ޒަމާނީ ފެންވަރަކަށް ތަރައްގީކުރާނެ އެވެ. އެގޮތުން:
-
67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އަޅާނެ
-
ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމް ކުރާނެ
-
ދުވާރުތައް ހަދާނެ
-
މަގުމަތީގެ ނިޝާންތައް ޖަހައި ބޯޑު ހަރުކުރާނެ
މި މަސައްކަތް ހަވާލުކޮށްފައިވަނީ 1،440 ދުވަހުން ނުވަތަ ގާތްގަނޑަކަށް ހަތަރު އަހަރުން ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 829 މިލިއަން ރުފިޔާ އެވެ.
ފާހަގަ ކުރެވޭ - އައްޑޫގެ މަގުތައް ހެދުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ވެސް މަޝްރޫއެއް ކުރިއަށް އެބަދެ އެވެ.
އެ މަޝްރޫއުގެ ދަށުން އައްޑޫގައި:
-
103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމު ގާއިމުކުރާނެ
-
ހުރިހާ އަވަށްތަކެއް ހިމެނޭ ގޮތަށް 40 ކިލޯމީޓަރުގައި ތާރު އަޅާނެ
-
އިތުރު 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ލޭޔާ އަޅާނެ
-
މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން 3.4 ކިލޯމީޓަރުގެ މަގުގެ ރީސާފޭސިން މަސައްކަތް ކުރާނެ
ކޮމެންޓް (1)
ބެއްޔާގެ ދަރި