މާފަރު އެއާޕޯޓު (ފޮޓޯ/މޯލްޑިވިއަން)

މާފަރު ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި

ބޫދާބީ ފަންޑުގެ އެހީގައި ތަރައްގީ ކުރި މާފަރު އެއާޕޯޓު ހުޅުވީ 2019 ވަނަ އަހަރު؛ އެ އެއާޕޯޓުން ގިނަ އަދަދެއްގެ ޖެޓުތަކުން ހިދުމަތް ހޯދާ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއަށް ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ކުރި އިއުލާނެއްގައި ބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާ ކަމަށެވެ.

ތަފްސީލް - ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ވެސް ކުރިމަތި ލެވޭގޮތަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލާފައިވަނީ މި މަހުގެ17 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓާމިނަލް ތަރައްގީ ކުރަން ނިންމާފައިވަނީ ދެ ފަންގިފިލާ އަށެވެ.

މާފަރު އެއާޕޯޓަކީ އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީ ކުރި އެއާޕޯޓެކެވެ. އެ އެއާޕޯޓު ރަސްމީކޮށް ހުޅުވީ 2019 ވަނަ އަހަރު އެވެ.

މަތީފަންތީގެ ގިނަ އަދަދެއްގެ ރިސޯޓުތައް އޮންނަ ސަރަހައްދެއްގައި އޮޕަރޭޓް ކުރާ މާފަރު އެއާޕޯޓަށް ގިނަ އަދަދެއްގެ ޕްރައިވެޓު ޖެޓު ވެސް ޖައްސަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވާ ދެން އެންމެ ގިނަ ޕްރައިވެޓު ޖެޓު ޖައްސަނީ މާފަރު އެއާޕޯޓަށެވެ. އެގޮތުން: 

  • މީގެ ކުރިން 2021 ވަނަ އަހަރު އައިއޭއެސް އިން ވަނީ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައި

  • އޭގެ ފަހުން2023 ވަނަ އަހަރު އެ ކުންފުނިން ވަނީ އެއާޕޯޓު ޓާމިނަލް ބޮޑު ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފައި

  • ވަނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވައިދުގެ ދަށުން މާފަރު އެއާޕޯޓު ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން ވެސް 2023 ވަނަ އަހަރު އިއުލާނު ކުރި

  • އެއާޕޯޓު ފުުރަތަމަ ހުޅުވީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް

  • އޭގެ ފަހުން އެމްޓީސީސީ އާ ހަވާލުކޮށްގެން ރަންވޭ ބޮޑުކޮށް ބޮއިން777 ޖެއްސޭ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް