ހޯނޑެއްދޫ: އެރަށުގެ އެކިތަންތަނުގައި ރޯކުން އިތުރުވެފައިވާތީވެ، އެކަމާ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ގދ. ހޯޑެއްދޫ

ހޯނޑެއްދޫ އެކިތަންތަނުގައި ރޯކުރާތީ ފިޔަވަޅު އަޅަން ފަށަނީ

މިކަމުގެ ސަބަބުން އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގައި އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތް

ގދ. ހޯނޑެއްދޫގެ އެކިތަންތަނުގައި އަލިފާން ރޯކޮށް، ހުޅުޖެހުން އާންމުވެފައިވާތީ އެ ކަމާ ކަންބޮޑުވުން ފާޅުކޮށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ރަށު ކައުންސިލުން ދީފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ހޯނޑެއްދޫ ކައުންސިލުން އިއްޔެ ވަނީ އިއުލާނެއް ނެރެފަ އެވެ.

ބުނީ ކީކޭ؟ - ކައުންސިލުން ބުނީ، ރަށުގެ އެކިތަންތަނުގައި ރޯކުރަމުންދާ މައްސަލަ މިހާރު އާންމު ކަމަކަށްވެފައިވާ ކަމަށެވެ. އެހެންވެ، އެކަން އެގޮތަށް ނުކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެ އެވެ.

"މިކަމަކީ އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގުމަށް މަގުފަހިވެދާނެ އަމަލެއްކަމާއި އަދި މިކަމުގެ ސަބަބުން ދަނޑުބިންތަކާއި ރައްޔިތުންގެ ރުއްގަހާއި މުދަލަށް ބޮޑެތިގެއްލުން ތަކެއް ލިބިގެންދިއުމުގެ ފުރުސަތު އޮތް ކަމެއްކަމުގައި ދެކެމެވެ." ކައުންސިލްގެ ބަޔާނުގައި ބުނެފައި އެވެ.

ތަފްސީލު - ކައުންސިލް ބަޔާނުގައި ބުނި ގޮތުގައި އިތުރަށް ބުނި ގޮތުގައި އަލިފާން ރޯކޮށް، އެ އަލިފާނުގެ ސަބަބުން އުފެދޭ ދުމުން އަވައްޓެރިންނަށް އުނދަގޫވާ ގޮތަށް އަލިފާން ރޯކުރުމަކީ އާންމު އުނދަގުލާބެހޭ ގަވައުދުގެ ދަށުން ވެސް މަނާ ކަމެކެވެ. 

"ގަވާއިދާ ހިލާފަށް އެކަށީގެންވާ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމެއްނެތި، އާންމު ތަންތާގައި އަލިފާން ރޯކުރުމަކީ މަނާކަމެއްކަމުގައި ވާތީ، މިއަދުން[އިއްޔެ] ފެށިގެން ހޯނޑެއްދޫގެ އެއްވެސް ތަނެއްގައި އިސްވެ ހަވާލާދީފައިވާ ގަވައިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު އެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ،" ކައުންސިލުން  ބުންޏެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ކައުންސިލަށް ގުޅި ނަމަވެސް ޖަވާބެއް ނުލިބުނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް