ހޮޅުދޫ ބޯޓުގައި އަލިފާން ރޯވެފައި

މުދާ އުފުލާ ބޯޓެއްގައި ރޯވެ އަނދަނީ؛ އެކަކު ގެއްލިގެން ހޯދަނީ

އަލިފާން ރޯވެފައި ހުރި ވަރަށް ބަލާއިރު ބޯޓުގައި ހުރި މުދަލާއި ބޯޓު ސަލާމަތް ކުރެވޭނެ ކަމަކަށް ނުބެލެވޭ

'ހޮޅުދޫ ބޯޓު' ކިޔާ މުދާ އުފުލާ ބޯޓެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފުން މިރޭ ހަރަކާތްތެރިވާން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެންޑީއެފުން ބުނީ 'ހޮޅުދޫޫ ބޯޓު' ކިޔާ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެ، އެމްއެންޑީއެފް ކައްދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ތަފްސީލް - މާލެ އާއި ތ. އަތޮޅުގެ ރަށްރަށާ ދެމެދު ދަތުރު ކުރާ އެ ބޯޓުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.

އެމްއެންޑީއެފުން ބުނީ:

  • ބޯޓުން ދަތުރު ކުރަމުން ދިޔައީ ކެޕްޓަނާ އެކު 18 މީހުން

  • 17 މީހުން ވަނީ ސަލާމަތްކޮށްފައި

  • ނުފެންނަނީ ލ. މާވަށަށް ނިސްބަތްވާ އަލީ މުޝްފިގް މުހައްމަދު، 25

އެމްއެންޑީއެފުން ހިއްސާކޮށްފައިވާ ވީޑިއޯ އިން ފެންނަނީ މުޅި ބޯޓުގައި އަލިފާން ހިފާފައިވާ ތަނެވެ. އަލިފާން ރޯވެފައި ހުރި ވަރަށް ބަލާއިރު ބޯޓުގައި ހުރި މުދަލާއި ބޯޓު ސަލާމަތް ކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.

'ދައުރު'އާ ވާހަކަދައްކަވަމުން ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން މިރޭ ވިދާޅުވީ އެ ބޯޯޓުގައި އަލިފާން ރޯވީ ކަނޑޫދުއަށް ވަދެ މުދާ އަރުވައިގެން ތ. ހިރިލަންދުއަށް ގޮސް، އެ ރަށުން ފުރި ފަހުން ކަމަށް ބެލެވޭ ކަމަށެވެ.

އެ ބޯޓުގައި ކިހާ މުދަލެއް ހުރި ކަމެއް އަދި ސާފެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް